މިނިވަން21 ވަނަ ގަރުނަށް ދުނިޔެ ހުށަހެޅިގެން އައިއިރު ސިޔާސީ ގޮތުން ރައްޔިތުންގެ އިހްސާސްތަކާ އެންމެ ބޮޑަށް ކުޅެލެވޭ 2 ޝިޔާރަކީ ގައުމިއްޔަތާއި ދީން ކަމަށް މިވަނީ ވެފައެވެ.
އެގޮތުން އިންސާނީ ހައްގުތަކާއި ހަމަހަމަ ކަމާއި އަދުލު އިންސާފާއި އިޖުތިމާއީ ރައް
ކާތެރިކަމާއި ތަރައްްޤީގެ ތަސައްވަރުތަކަށްވުރެ ބޮޑަށް ގައުމިއްޔަތާއި ދީން ބޭނުން ބޭނުންކޮށްގެން ކުރާ ކެމްޕެއިންތަކުގައި ރައްޔިތުންޖެހި އެއަށް ހެއްލިގެންދާތަން ގައުމުތަކުގެ ވެރިން އައްޔަނުކުރުމަށް ބާއްވާ އިންތިހާބުތަކުން މިވަނީ ފެންނަން ފަށާފައެވެ.
އެންމެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއި އެމެރިކާއިންވެސް އިންތިހާބުކާމިޔާބުކުރުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައިވާ 2 ޝިޔާރަކީ ގައުމިއްޔަތާއި ދީނެވެ. މި ދެންނެވި 2 ގައުމަކީ ސެކިއުލާ ގައުމުތަކަށްވީނަމަވެސް އެ ގައުމުތަކުގެ މަހުޖަނުންނާއި އެންމެ ނުފޫޒުގަދަ ފަރާތްތަށް ނިސްބަތްވާ ދީނަށް އިސްކަން ދިނުންދަފަ ކެމްޕެއިންތައްވަނީ ކުރިއަށްގެންދިޔަތަން ވަނީ ފެނިގެންގޮސްފައެވެ.
ރާއްޖޭގައިވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައިވެސް އިންތިހާބ
ު ކާމިޔާބުކޮށްފައިވަނީ މިދެންނެވި 2 ޝިޔާރާއެކީ ކަމުގައި ބުނެވިދާނެއެވެ. އެހެންކަމުން އެ ޝިޔާރުތައް ވިއްކައިގެން ވެރިކަމަށް އަންނަ ސަރުކާރުތަކުން އެ ޝިޔާރުތައް ދަމަހައްޓާކަން ދެއްކުމަށް ކަންތައްތަކެއް ކުރަންޖެހޭނެތާއެވެ.
މި ލިޔުމަކީ އިސްލާމީ ނުވަތަ ދީނީ ނަޒަރިއްޔާތަކަށްވުރެ ބޮޑަށް އިޖުތިމާއީ ނަޒަރިއްޔާތުގެ މައްޗަށް އަލިއަޅުވާލައި ލިޔެފައިވާ ލިޔުމެކެވެ. އެގޮތުން މި ލިޔުމުގައި އަލި އަޅުވާލާފައިވާނީ ދިވެހި ރާއްޖެއަށް ހަލާލު ޓޫރިޒަމް ތަޢާރަފް ކުރުމާ ގުޅޭ ގޮތުން ދާދިފަހުން ސަރުކާރުން ރައަތަކެއް އެފަދަ ޓޫރިޒަމަށް އިންވެސްޓް ކުރުމަށް ހުޅުވާލި ވާހަކައިގެ މައްޗަށެވެ.
ސަރުކާރުގެ އެ ވާހަކަތަކާގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ވަނީ މިހާރު ރާއްޖޭގައި އޮތީ ހަރާމް ޓޫރިޒަމް އެއްތޯ އާއިމެދު ސުވާލު އުފައްދަން ފަށާފައެވެ. ނުވަތަ މީގެ ކުރިން ރިސޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރައްތަކާއި ފަޅުތަކުގައި ތަރައްގީ ކުރެވޭނީ ހަމަ އެކަނި "ހަރާމް ޓޫރިޒަމް" ތޯ އާއިމެދު ސުވާލުތަކެއް އުފައްދާފައެވެ.
ދިވެހި ރާއްޖެއަކީ 100 އިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމަކަށް ވާއިރު މިގައުމުގައި މިހާރު އޮތް ޓޫރިމް އަކީ "ހަރާމް ޓޫރިޒްމް" އެއްކަމަށް މާނަކުރެވޭ ބީދައިން ސަރުކާރުން ހަލާލު ޓޫރިޒަމް ތަޢާރަފް ކުރަނީ ކަމަށް ބުނުމުން ގިނަ މީހުން އެކަން މާނަކޮށްފައިވަނީ މިހާރު އޮތް ޓޫރިޒަމް އަކީ ހަރާމް ޓޫރިޒަމް އެއް ކަމަށެވެ. ނަމަވެސް އެކަމުގެ ހުކުމްތަކާ ގުޅޭ ބަހުސްއަކީ އެ ކަމުގެ އިލްމު ލިބިގެން ތިބިފަރާތްތަކަށް ކުރެވޭ ބަހުސަކަށްވާތީ އެކަން ދޫކޮށްލާނަމެވެ.
ދިވެހި ރާއްޖެއަކީ 100 އިންސައްތަ މުސްލިމު ގައުމަކަށް ވީނަމަވެސް ދީނީ ކަންކަމުގައި ތަފާތު ދަރަޖައަށް ވިންނާ ފަރާތްތައް ރާއްޖޭގައި އުޅެއެވެ.
ހަރުކަށިކޮށް ދީނީ ކަންކަމުގައި ވިސްނާ ފަރާތްތަކާއި، މެދު މިނުގައި ކަންކަން ގެންގުޅޭ ފަރާތްތަކެވެ. އެހެންކަމުން ސަރުކާރުން އެފަދަ އިމެއް ޓޫރިޒަމް ދާއިރާގައި ޖަހައި ދެ ފަޅި ވަކި ކޮށްލުމަކީ މި ދެންނެވި ހަރުކަށި ވިސްނުމުގެ ފަރާތްތަކަށް ކޮށައިދޭ މަގަކަށް ނުވާނެބާއޭ ހިތައް އަރައެވެ. ސަބަބަކީ ކޮންމެ ދީނެއްގައިވެސް އުޅޭ އެފަދަ ހަރުކަށި ވިސްނުމުގެ ފަރާތްތަކަކީ އަމިއްލައަށް ކަންކަން އެމީހުން ޤަބޫލުކުރާ އިމުގެ ތެރެއަށް ވެއްދުމަށް އަމިއްލަ ޒިންމާ އެއް ނަގައި ކަންތައްތަކެއް ކުރާ ބައެކެވެ. ނުވަތަ އެމީހުން ޤަބޫލުކުރާގޮތަށް ބަދަލުކުރުމަށް ކަންކަން ކުރާބަޔަކަށްވުމެވެ.
އެހެންކަމުން މިފަދަ ހައްސާސް މައްސަލައެއްގައި ސަރުކާރުން އިންވަކިކޮށްދިނުމަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމުގައި ހީވެއެވެ. އަދި މި ބަހުސްގެ ތޭގައި މީސް މީޑިއާގައި ކުރެވިފައިވާ ބަހުސްތަކުގެ ތެރޭގައި ރާއްޖޭގައި ކުރެވޭ ވިޔާފާރިތަކުގެ ހަލާލު ހަރާމް ކަނޑައަޅާފައިވާތަންވެސް ފެނެއެވެ. އެގޮތުން މާލޭގެ މަޖީދީ މަގުގައި ހަރާމް އަންނައުނު ވިއްކާ ފިހާރަތައް ހުންނަ ވާހަކައާއި، ސިއްހީ ފަރުވާ ދޭ ތަންތަނުގެ ވިޔަފާރީގެ ވާހަކަވެސް ދައްކާފައި ހުރިތަން ފެނެއެވެ.
މިފަދަ ދީނީ ކަންކަމުގައި އެއްމެ ރަނގަޅު މައުލޫމާތު ނެތް ފަރާތްތަކަށް އެމީހުންގެ ފިކުރިއްޔާތު ކުރިއެރުވުމަށް ބާރުލިބޭ ގޮތަށް ކަންކަން ކުރާނަމަ އިސާހިތަކު ނުރައްކަލުގެ ކޮޅުމަތި ފެންނަން ފެށުމަކީ އެކަށިގެންވާ ކަމެވެ. އެކަމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫންނަމަވެސް ދީނާ ގައުމިއްޔަތާ ގުޅުންހުރި ކަންކަމަކީ އެކަމުގެ ތެރޭގައި ޖަޒުބާޒު އެންމެ މައްޗަށް އެކުލެވޭ ކަންކަމަށްވާތީ އެފަދަ ކަންކަން ކުރާއިރު ވަރަށް ދުރަށް ވިސްނަން ޖެހެއެވެ.