5 ފެބްރުއަރީ 2026

ޓެކްސީ ޑްރައިވަރުންނަށް އެއްވަގުތެއްގައި 2 ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

މިނިވަން
6 ދުވަސް ކުރިން

ޓެކްސީ ޑްރައިވަރުންނަށް އެއްވަގުތެއްގައި 2 ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްފަހަރާ 2 ޓެކްސީ ސެންޓަރުގައި ޓ TechWaves Box ެކްސީ ޑަރައިވަރުންނަށް މަސައްކަތްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮސް ގެޒެޓް ކޮށްފައިވާ ކަމަށާއި އެގޮތަށް ބަދަލުކުރީ ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ އިތުރުކުރުމަށް މަގުފަހި ކޮސްދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން އޮންލައިން ޕްލެޓްފޯމް ނުވަތަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ޓެކްސީ ސެންޓަރު ހިންގުމުގެ ލައިސަންސް އޮންނަ ފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށްޓަކައި ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށް، ގަވާއިދަށް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވެއެވެ. އެގޮތަށް ގަވާއިދު އިސްލާހުކުރި ސަބަބެއް ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ  އެކަން އެގިތަށް ބަދަލުކުރީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން  އެފަދަ ހުއްދައެއް ހޯދައިގެން ޑިޖިޓަލް ހިދުމަތް ދިނުމަކީ ހިދުމަތް ދޭ ޑްރައިވަރުން ޖަވާބުދާރީ ކުރުވުމަށް ލިބޭ ބާރަކަށްވެސް ވާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާޏުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެގަވާއިދަށް ގެނެސްފައިވާ ބަދަލުޔތަކުގެ ތެރޭގައި ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކަައި 3cx Box ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް މަދު ކުރުމާއި، ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި 2 ޓެކްސީ ސެންޓަރެއްގައި ރަޖިސްޓަރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ޓެކްސީގެ ޙިދުމަތް ދޭ ކުންފުންޏަކީ އެ ކުންފޫނީގެ މެންޑޭޓްގައި ދަތުރުފަތުރުކުރުން ހިމެނޭ ކުންފުޏެއްކަމުގައި ވުން ލާޒިމް ކޮށްފައި ވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙