މިނިވަންދައުލަތުގެ މާލީ ހާލަތު ހީނަރުވެ ނުރައްކަލަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި މާލީ ކަންކަން މެނޭޖުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން ތައުރީފް ކޮށްފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު އެބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓ
ް އަޕްޑޭޓް- 2026" ގައި ބުނެފައިވަނީ ދައުލަތުގެ ދަރަނި ބޮޑުވުމާ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ބޮޑެތި ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ތަންފީޒުކުރި ސިޔާސަަތުތަކުން ގިނަ ކާމިޔާބުތަކެއް ހާސިލުވެފައިވާކަމަށެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ހަރަދު ކުޑަކުރެވުމުގެ ސަބަބުން ޑެފިސިޓު 5.1 ބިލިއަނަށް ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ 4.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ގައުމީ އުފެއްދުންތެރިކަމުގެ 202
4 ވަނަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަަށްކުރެވިފައިވާ ކަމަށާއި، އަދި ދައުލަތުގެ އާމްދަނީ ގައުމީ އުފެއްދުންތެރިކަމުގެ 3ނިސްބަތް 12.0 އިންސައްތަ ކުރިއަރާފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.
މީގެ އިތުރުން 2027 ވަނަ އަހަރާއި 2028 ވަނަ އަހަރު ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދު ގާތްގަނޑަކަށް 450 މިލިއަން ޑޮލަރަށް ދަށްކުރެވިފައިވާއިރު، ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަަލަށް 1.3 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ދަރަނި އަދާކުރުމަށްފަހު މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަންވެސް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.