މޫސާ ނައުޝާދުހިމަބިހި ޖެހުނު މީހުންގެ ތެރެއިން 4 މީހުން ފިޔަވައި އެންމެންގެ އުމުރުފުރާ އަކީ 15 އަހަރާއި 35 އަހަރާއި ދެމެދު: ޑރ ފައިސަލް
އެކްސް ގައި ޑރ ފައިސަލް ހިއްސާކުރެއްވި
މައުލޫމާތުގައިވާގޮތުން ހިމަބިހި ރާއްޖޭގައި މިވަގުތު ފެތުރެނީ ހިމަބިހި ވެކްސިންގެ 2 ޑޯޒް ހަމަނުކުރާ މީހުންގެ މެދުގައެވެ.
މިއޮތް ރަތްކުލައިގެ ބައި އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ
— Ahmed Faisal (@Faisalnaifaru) July 4, 2026
ހިމަބިހި އެތެރެވީމާ ފެތުރެނީ މިހެންވެ
އެއީ 2 ޑޯޒް ހަމަނުވާ ފަރާތްތައް
ހިމަބިހީގެ 72 ކޭހަށްވެރެ ގިނައިން ފެނުނުއިރު ، 4 👶 ފިޔަވާ ދެންމުޅިންވެސް ތިބީ މި ޢުމުރުގެ މީހުން
15-35 ޢުމުރުގެ މީހުން 2 ޑޯޒް ހަމަކޮށްލާ! pic.twitter.com/Ybl8nxHA2C
އެގޮތުން މިހާތަނަށް 72 މީހުންނަށް އެ ބަލި ޖެހުނު އިރު 4 ކުދިން ފިޔަވައި އެބަލި ޖެހިފައިވާ މީހުންގެ އުމުރުފުރާ އުޅެނީ 15 އަހަރާއި 35 އަހަރާއި ދެމެދުގައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ހިމަބިހީގެ ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށް ޑރ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
ހިމަބިޙީގެ ފުރަތަމަ ކޭސް ފެނިފައިވަނި މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށް ފަހު ކޮންމެ ހަފްތާއަކުވެސް އެޗްޕީއޭ އިން ދިޔައީ ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާމަކުރަމުންނެވެ.
އެގޮތުން ހިމަބިހީގެ ފުރަމަކޭސް ރިޕޯޓްކުރިފަހުން މިދިޔަ ހަފްތާއަކީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގަ އެވެ. އެގޮތުން މިދިޔަ ހަފްތާގަ އެކަނިވެސް 44 މީހުން އެ ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަދި މި ބަލި ފެތިރެން ފެށިފަހުން މި ބައްޔަށް ޕޮޒިޓިވްގެން ރިޕޯޓްކޮށްފައިވަނީ މުޅިންވެސް މާލެ ސަރަހައްދުންކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.