6 ޖުލައި 2026

ކެންސަރަށް ފަރުވާދޭ ފޭކް ބޭހެއް ރާއްޖެއާއި މެކްސިކޯއިން ފެނުމާގުޅިގެން ޑަބްލިއުއެޗްއޯ އިން އެލާޓް ނެރެފި

މުޙައްމަދު ވިޝާން
17 ގަޑިއިރު ކުރިން

ރާއްޖެއާއި މެކްސިކޯއިން ކެންސަރުގެ ފޭކް ބޭހެއް ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެލާޓް ނެރެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ރާއްޖެއާއި މެކްސިކޯ އިން ފެނިފައިވަނީ ކެންސަރަށް ފަރުވާ ކުރުމ 3cx Box ަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ކަމަށާއި، އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށެވެ. އަދި ފޭކް ބޭހަކީ ދުނިޔޭގެ އެންމެ ބޮޑު މައްސަލަ ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނުގައި ބުނެފައިވަނީ އެ ގައުމުތަކުގެ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި އެކަމަކީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެ ބޭހުގެ އަސްލު އުފައްދާ ޖޭންސެން ކުންފުންޏާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ MYS TechWaves Box 7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫންކަމަށާއި، އެ ބޭހަކީ އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެއް ކަމަށެވެ.

އެގޮތުން އެ ބޭހަކީ ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި މުހިންމު ބޭހަކަށްވާއިރު އެ ބޭހުގެ ފޭކު އުފައްދައި އެ ބޭސް ދައުރުވުމަކީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ކާމިޔާބު ނުވުމާއި އަދި ފުރާނައަށް ނުރައްކާވާ ފަދަ ކަންކަމާ ކުރިމަތިވެދާނެ ކަމެއްކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙