މުޙައްމަދު ވިޝާންރަހިމުގެ ކެންސަރު ޓެސްޓްކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހ
ެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވީ، މާލެ ސަރަޙައްދާއި އަތޮޅުތެރެއަށް ކެންސަރަށް ސްކްރީން ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގައި ޤާއިމުކުރުމާއެކު، މިހާތަނަށް 750 މީހުން ރާއްޖޭގައި ތިބެގެން މިބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ.
ކެންސަރު ބައްޔަށް ދެވޭ ކީމޯ ތެރަޕީގެ ޚިދުމަތްވެސް ރާއް
ޖޭގައި ތިބެގެން ލިބޭނެ. 2025 ވަނަ އަހަރު ކީމޯތެރަޕީވެސް ރާއްޖެއިން ބޭރުން ނެގީ 39 މީހުން. 655 މީހުން ޚިދުމަތް ހޯދަމުން ދިޔައީ ރާއްޖެއިން." މިނިސްޓަރ ގީލާ ވިދާޅުވިއެވެ.
އަދި މިހާރު އިތުރު 3 އަތޮޅެއްގައި ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެއަށްފަހު ހުރިހާ ހޮސްޕިޓަލެއްގައިވެސް މި ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ގީލާ ވިދާޅުވި އެވެ.
މިނިސްޓަރ ގީލާ ވިދާޅުވީ އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ފުޅާކުރުމުގެ އިތުރުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ސްކްރީނިންއާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފުޅާކުރުމާއެކު މިހާރު ކުރިޔާލާ ބަލި ދެނެގަނެވި، ބަލީގެ ކުރީކޮޅު ފަރުވާ ދިނުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.