11 ޖުލައި 2026

ޕީއެންސީން އިންތިހާބު ބާއްވާގޮތް ނަމޫނާއަކަށް ބެލުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

މިނިވަން
7 ގަޑިއިރު ކުރިން

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބާއްވާ އިންތިހާބު ނަމުނާއަކަށް ބެލުމަށް ސިޔާސީ ފަރާތްތަކަށް އެ ޕާޓީގެ  ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ކުރިއަށްދާ ޕީޕަލްސ 3cx Box ް ނޭޝަނަލް ކޮންގްރެސްގެ ބޮޑު އިންތިހާބުން އެހެނިހެން ޕާޓީތަކާއި ސިޔާސީ މަސައްކަތްކުރައްވާ ބޭފުޅުން ނަމޫނާ އަކަށް ބައްލަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އަދ ޕީއެންސީ ނަމޫނާއަކަށް ބައްލަވައިގެން އެ ޕާޓީތަކުގެ އެތެރޭގައި އެފަދަ ހަރުދަނާ އިންތިހާބުތައް ބާއްވަންޖެހޭކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި، އެ ޕާޓީގެ މެންބަރަ TechWaves Box ކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުނުކުރައްވާ ދާއިރާތަކުގެ ދާއިރާ ރައީސުންނާއި މަޖިލީހުގައި ޕީއެންސީ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކުގެ ދާއިރާ ނައިބުރައީސުން އިންތިޚާބުކުރުމަށް ކުރިއަށްގެންދާ އިންތިހާބުގެ ވޯޓުލުން މިއަދުގެ ހެނދުނު 8 ޖެހިއިރު ވނީ ފަށާފައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، އަދި އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެ މި އިންތިހާބުގައި 2086 މަޤާމަށް މީހުން އިންތިހާބު ކުރާނެ ކަމަށްވެސް އަބްދުއްރަހީމްވަނީ ވިދާޅުވެފައެވެ.

އެނގިވަޑައިގަންނަވާނެ 2086 މަގާމަށް މީހުން އިންތިޚާބުކުރަންްޖެހޭ. އެއަށްވުރެ މާގިނައިން އެބަތިބި ކުރިމަތިލާފައި އިނގޭތޯ؟ 131 ރަށު ދާއިރާތަކުގައި އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓައިގެން ވާދަވެރިކަމާއެކު ކުރިއަށްދޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މިފަދަ ބޮޑު އިންތިޚާބަކަށް ޕީއެންސީން ތައްޔާރުވުމަށް ހޭދަވީ މަހެއްހައި ދުވަސް ކަމަށާއި، ވޯޓުލުމުގެ ކަންކަން މިހައިހިސާބަށް އައިއިރު މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އަދި އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ މައްސަލަތަކެއް އުފެދޭ ވަރަށްވުރެ މާފުރިހަމަކޮށް ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ވިދާޅުވިއެވެ.

މި އިންތިހާބަކީ ޕީއެންސީން ކޮންގްރެސްއަށް ތައްޔާރުވަމަށް ބާއްވާ އިންތިހާބަކަށްވާއިރު ކޮންގްރެސްގެ ކަންކަން ވިލަރެސްކުރުމަށް ހާއެްސަ ކޮމިޓީއެއް ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވާފައިވާއިރު މިއަދުގެ އިންތިޚާބުގެ އިންތިޒާމުތައްވެސް ކުރިއަށްގެންދަނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންކަން ވެސް އަބްދުއްރަހީމްވަނީ ފާހަގަކުރައްވާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙