11 ޖުލައި 2026

ރިޔާސީ އިންތިހާބަށް ޕީއެންސީ ނިކުންނާނީ 1 ލައްކަ މެމްބަރުންނާއެކު: މުޙައްމަދު އިސްމާއިލް

މިނިވަން
5 ގަޑިއިރު ކުރިން

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިކުންނާނީ 1 ލައްކަ މެމްބަރުންނާއެކު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނު TechWaves Box ގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އޮތްއިރު 74000 މެންބަރުންނާއެކު އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ 2019 ވަނަ އަހަރު  އުފެއްދި ޕީއެންސީ ކަމަށެވެ.

ޕީއެންސީ އަކީ އެންމެ މަނެބަރުން ގިނަ ޕާޓީއަށް ވެފައިވަނީ އެ ޕާޓީގެ ލީޑަރޝިޕުން ހާއްސަގޮތެއްގައި ރައީސް ޑރ މުއިއްޒު ޕާޓީގެ އާންމު މެމްބަރުންނާ ދެމެދުގައި ބާއްވަމުންގެންދަވާ ބަދަހި ގުޅުމުގެ ސަބަބުން ކަމަށްވެސް މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިއަދު ރައީސް މުއިއްޒުގެ އިރުޝާދާއެކު އަޅުގަނޑުމެންގެ އަމާޒަކީ ޕީއެންސީން 2028 ގައި ދެވަނަ ދައ 3cx Box ުރަކަށް ކުރިމަތިލާއިރު އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން ހަމަކުރުން، އެ އަމާޒަށް ދެވޭނެކަމާއިމެދު ޝައްކެއް ނެތް، މިއަދު އަދި އެވަރުގެ މަސައްކަތެއް ކުރެވޭނެ ހުސް ވަގުތެއް ނުލިބިގެން އެކަން ނުފެއްޓިފައި މި އޮތީ، އިރާދަކުރެއްވިއްޔާ ދެން އަންނަ މަޖިލިސް ބްރޭކްގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން،". މެމްބަރު ވިދާޅުވިއެވެެ.

އަދި މުޙައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރުވަމުން އަންނަނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ވަރުގަދަވީމަކަމަށާއި އެމަނިކުފާނަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއާއި ތަރައްގީއާއި ކުރިއެރުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ދެވަނަ ވެރިޔަކު ދެން ދިވެހި ތާރީހު ދެކެފާނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އަމަލާއި ބަސް ދިމާވާ ހަމައެކަނި ލީޑަރަކަށް ސިޔާސީ މައިދާނުގައި ހުންނެވީ ހަމައެކަނި ރައީސް މުއިއްޒުކަމަށް ދިވެހި ރައްޔިތުންވެސް ހެކިވާކަމަށް މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙