11 ޖުލައި 2026

ފުލެޓާއި ގޯތި ދޭނެކަމަށްބުނެ ފައިސާ ނަގަމުންދިޔަ ޑެޕިއުޓީ މިނިސްޓަރަކު ވަކިކޮށްފި

މުޙައްމަދު ވިޝާން
4 ގަޑިއިރު ކުރިން

ސަރުކާރުން ކުރިއަށް ގެންދާ ހައިސިންގ ސްކީމު ތަކުން ފްލެޓާއި، ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަޤާމުން ވަކިކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ މި މައ 3cx Box ްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަޤާމުން ވަކިކޮސްފައިވާ ކަމަށް ވިދަޅުވެފައެވެ.

މުންދު ވިދާޅުވީ މައްސަލަ ސަމާލުކަމަށް އައުމާއެކު ފުރަތަމަ އޭނާ ސަސްޕެންޑު ކުރި ކަމަށާއި، ވުޒާރާގެ އެތެރޭގެ ތަޙުޤީޤުން އެ ތުހުމަތުތަކުގައި ޙަޤީޤަތްތަކެއް ހުރިކަން ހާމަވުމުން މަޤާމުން މިހާރުވަނީ އޭނާ މަޤާމުން ވަކިކޮސްފައި ކަމަށެވެ.

އަދި ފުލުހުންވެސް ވަނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަ TechWaves Box ށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާގުޅިގެން އެކަން ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙