މުޙައްމަދު ވިޝާންމުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖޫން މަހު 21.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަ
ހަރުގެ ޖޫން މަހު މުދަލުޒަކާތުގެ ގޮތުގައި ލިބިފައިވަނި 10.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެހެންކަމުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު މުދަލުޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު 100 އިންސައްތަ ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ދައުލަތަށް
މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 61.5 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވެސް ވަނީ 29 އިންސައްތަ އިތުރު ވެފައެފވެ.
އޭޕްރީލް މަހުންފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 21،836.50ރ. އެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަ ކުރަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.