12 ޖުލައި 2026

ބީއެމްއެލްއިން ޑޮލަރު ވިއްކި އަދަދު ދެ އަހަރާ ބައިގެތެރޭ 77 އިންސައްތަ އިތުރުވެއްޖެ

މުޙައްމަދު ވިޝާން
8 ގަޑިއިރު ކުރިން

ވޭތުވެދިޔަ 2 އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރުބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް)  ވިއްކައިފި އެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް 3cx Box އަދަދަކަށް ޑޮލަރު ވިއްކާފައިވާއިރު މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރސް(ޓީޓީ)، ތަޢުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ.

އަދި މިއީ އޭގެ ކުރީގެ 2 އަހަރާއި ބައިގެ މުއް TechWaves Box ދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށްވެސް ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންދާ އަދަދު އިތުރުވަމުން އަންނަކަން އެބޭންކުން ވަނީ ފާހަގަކުރެވިފައެވެ.

ކާޑުގެ މުޢާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ވަނީ 870 މިލިއަން ޑޮލަރު ވިއްކާފައެވެ.

މިއީވެސް އޭގެ ކުރީ 2 އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު އެ ބޭނުމަށް ވިއްކާފައިވާއިރު މި އަހަރު އެވްރެޖްކޮށް މަހަކަށް އެ ބޭންކުން ދަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ.

2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް 10.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު  މިއަހަރު ތެރޭ އެ ބޭންކުން ވަނީ އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކާފައެވެ.

މީގެ އިތުރުން ތަޢުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 2.9 މިލިއަން ޑޮލަރެވެ. ނަމަވެސް 2024 ގައި މިއަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށްވަނީ އަރާފައވެއެވެ.

މިއަހަރު ބޭންކުން ވަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކާފައެވެ.

ޖަނަވަރީ 2021 އިން ފެށިގެން  ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް ވަނީ 264 މިލިއަން ޑޮލަރު އެ ބޭންކުން ވަނީ ވިއްކާފައެވެ. މިއީ ގާތްގަނޑަކަށް 70% އިތުރުވުމެކެވެ.

މިއަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން ވަނީ މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފައެވެ. 

ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް 4 ގުނަ އިތުރުވެފައެވެ.

އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙