12 ޖުލައި 2026

އޮޑިހަރުގެއަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށްފި

މުޙައްމަދު ވިޝާން
2 ގަޑިއިރު ކުރިން

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވައްކަންކުރި 2 މީހުން ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވައްކަ 3cx Box ން ކުރި މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް 5 ވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކ TechWaves Box ަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހު ކަމަށާއި، އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި މި ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙