21 ޖެނުއަރީ 2025

މެސީ، ނޭމާ، އެމްބާއްޕޭ - ފޯމް 100، ގުޅުން ؟؟

މިނިވަން
2 އަހަރު ކުރިން
މިސީޒަންގެ އެންމެ ފޯމުގައި އޮތް ފޯވާޑްލައިން އަކީ ޕީ.އެސް.ޖީގެ އަގުބޮޑު ތިން ފޯވާޑުންނެވެ. މިހާތަނަށް މިސީޒަންގައި ކުޅުނު 11 މެޗުގައި މި ތިން ކުޅުންތެރިން ވަނީ ޖުމްލަ 27 ލަނޑު ޖަހާ 17 އެސިސްޓު ހަދާފައެވެ. މީގެތެރެއިންވެސް އެންމެ ފޯމު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދަނީ ނިމިގެންދިޔަ ޓްރާންސްފަރ ޕީރިއަޑްގައި ޕީ.އެސް.ޖީ އިން ވިއްކާލަން މަސައްކަތްކުރިކަމަށް އަޑުއެރި ދުނިޔޭގެ އެންމެ އަގުބޮޑު ފޯވާޑް ނޭމާއެވެ. ނޭމާ ވަނީ މިހާތަނަށް ކުޅުނު 11 މެޗުގައި 11 ލަނޑު ޖަހާ 9 އެސިސްޓް ހަދާފައެވެ. މެސީ އެގާރަ މެޗުގައި 6 ލަނޑު ޖަހާ 8 ލަނޑު ޖެހުމަށް ފަހު ޕާސް ދިން އިރު އެމްބައްޕޭ ވަނީ ކުޅުނު 9 މެޗުގައި 10 ލަނޑު ޖަހާފައެވެ. އާ ސީޒަންގައި މި ތިން ކުޅުންތެރިންގެ ގުޅުންވެސް ފެނިގެންދަނީ ވަރަށް ރަނގަޅަށެވެ. މެސީގެ އެސިސްޓް ތަކަށް ބަލާއިރު މެސީ ވަނީ އެމްބާއްޕޭ އަށް 5 އެސިސްޓް އަދި ނޭމާއަށް 3 އެސިސްޓް ދީފައެވެ. ހަމައެގޮތަށް ނޭމާވެސް ވަނީ މެސީއަށް 2 އެސިސްޓް ދީ އެމްބާއްޕޭއަށް 3 އެސިސްޓް ދީފައެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ފާހަގަވެގެންދަނީ އެމްބާއްޕޭގެ ފަރާތުން މި ދެ ކުޅުންތެރިންނަށް އެއްވެސް އެހީތެރިކަމެއް ނުލިބޭކަމެވެ. މިދިޔަ ސީޒަންގައި ފްރާންސް ލީގުގެ އެންމެ ގިނަ އެސިސްޓް ހެދި އެމްބާއްޕޭއަށް މިސީޒަންގައި އަދި އެއްވެސް އެސިސްޓެއް ހިދައެއް ނުވެއެވެ. މިއާއެކު މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި އަރަމުންދާ އަޑުތަކުގެ ވާހަކަވެސް ފާހަގަކޮށްލަންޖެހެއެވެ. ޕީއެސްޖީ އިން ނޭމާ ވިއްކާލަން މަސައްކަތް ކުރި ކަމުގައި އަޑުތައް އެރީވެސް އެމްބާއްޕޭ އުފަލުގައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށް އޭރު ގިނަ މީޑިއާތަކަކުން ބުނަމުންދިޔައެވެ. ރެއާލް މެޑްރިޑަށް ނުގޮަސް ޕީއެސްޖީގައި އެމްބާއްޕޭ މަޑުކުރީ ހަފްތާއަކު 1 މިލިއަން ޔޫރޯގެ ބޮޑު މުސާރަކަށެވެ. މުސާރައިގެ އިތުރުން ޓީމުގެ ގިން ނިންމުންތަކުގައި އެމްބާއްޕޭގެ ހިޔާލު ހޯދާ ޓީމުގެ ނިންމުންތަކުގައި ގޮތްކިއުމުގެ ބާރުވެސް އެމްބާއްޕޭއަށް އާކޮންޓްރެކްޓާއެކު ދިންކަމަށް މީޑިއާތަކުގައި ދިއައީ ބުނަމުންނެވެ. މިކަންކަމާއެކު އެމްބާއްޕޭގެ އެހީތެރިކަމެއް ޓީމުގެ އެހެން ކުޅުންތެރިންނަށް ދަނޑުމަތީ ނުލިބުުމުން ބައެއް ސަޕޯޓަރުންގެ ފާޑުކުޔުން އެމްބާއްޕޭއަށް ވަނީ އަމާޒުވެފައެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙