21 ޖެނުއަރީ 2025

10 ޕަސެންޓުވެސް ނުދެއްކުނު މެޗުން މޮޅުވެ ދިވެހި ޓީމް އުއްމީދު ބޮޑުކޮށްފި

މިނިވަން
2 އަހަރު ކުރިން
ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނޭޕާލް އާއި ދެކޮޅަށް ދިވެހި ޓީމަށް ދިހަ ޕަސެންޓުވެސް ނުދެއްކުނުމަށް ދިވެހި ޓީމުގެ ކޯޗު ސުޕުން ބުނެފިއެވެ. ނޭޕާލް އަތުން ފަހު ވަގުތު މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ސުޕުން ބުނީ މިމެޗުގައި ފެނުނީ ދިވެހި ޓީމުގެ ކުޅުން ނޫންކަމަށާއި އަސްލު ކުޅުމާ ގާތްވެސް ނުކުރާކަމަށެވެ. ދިވެހި ޓީމުން މިމެޗުގައި ގިނަ ހަމަލާތަކެއް މިސްކޮށްލިއިރު މެޗުން މޮޅުވީ މެޗު ނިމެން 9 ސިކުންތައް ވެފައިވަނިކޮށް އިއްކޮ ކާމިޔާބުކޮށްދިން 3 ޕޮއިންޓް ބާސްކެޓުންނެވެ. ސުޕުން ވިމާލް ބުނީ މިމެޗުގައި ގިނަ އަދަދެއްގެ 3 ޕޮއިންޓް އެޓެމްޕްޓްތައް މިސްކޮށްލިނަމަވެސް މިކުޅުންތެރިންނަކީ ވަރަށް އިތުބާރާއެކު 3 ޕޮއިންޓް ކާމިޔާބުކުރާ ޓީމެއް ކަމަށެވެ. އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗަށް ވުމުން ކޮންމެވެސް ވަރަކަށް އޭގެ ޕްރެޝަރ ޓީމަށް ކުރިމަތިވިކަމަށެވެ. [caption id="attachment_72449" align="aligncenter" width="1280"] ސާބާ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެމް.ބީ.އޭ[/caption] "އަހަރުމެންގެ ކުޅުމާ ގާތްވެސް ނުކުރޭ، މިއަށްވުރެ މާމޮޅަށް ކުޅޭނެ، ޓީމުގެ 10 ޕަސެންޓުވެސް މިމެޗުން ނުފެނުން. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗަށް ވުމުން އޭގެ ޕްރެޝަރު ޓީމަށް ކުރިމަތިވީކަމަށް ވެދާނެ. ކުރިއަށް އޮތް މެޗުތަކުގައި މިއައްވުރެ މާ ރަނގަޅުކުރާނެ. ދެން އަންނަ މެޗަށް ދާއިރު އެންމެ މުހިއްމު ކަމެއް ދޭނީ ޝޫޓިންގ ރަނގަޅުކުރުމަށް." މެޗަށްފަހު ދިވެހި ޓީމުގެ ލަންކާ ކޯޗު ސުޕުން ވިމާލް ބުންޏެވެ. [caption id="attachment_72450" align="aligncenter" width="1280"] ސާބާ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެމް.ބީ.އޭ[/caption] މިމެޗުގައި ދިވެހި ޓީމުން 82 ފަހަރު ބޯޅަ ބާސްކެޓާ ދިމާލަށް ފޮނުވާލިއިރު އޭގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ 16 ބޯޅައެވެ. އެއީ 19.5 ޕަސެންޓެވެ. އިދިކޮޅުން ކުޅުނު ނޭޕާލް ޓީމުން ބާސްކެޓަށް އަމާޒުކޮށް ފޮނުވާލީ 61 ބޯޅައެވެ. އެޓީމަށް ކާމިޔާބުކުރެވުނީ 61 ބޯޅައިން 18 ބޯޅައެވެ. އެއީ 29.5 ޕަސެންޓެވެ. މިމެޗުގައި ދިވެހި ޓީމުން ޖުމްލަ 43 3 ޕޮއިންޓް އެޓެމްޕްޓު ކުރި އިރު އޭގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ފަސް 3 ޕޮއިންޓެވެ. އެއީ 11.6 ޕަސެންޓެވެ. ނޭޕާލް ޓީމުން ވަނީ 23 ފަހަރު 3 ޕޮއިންޓް ކާމިޔާބުރަން މަސައްކަތްކޮށްފައެވެ. އެޓީމަށް ކާމިޔާބުކުރެވުނީ އޭގެ ތެރެއިން 4 ބޯޅައެވެ. އެއީ 17.4 ޕަސެންޓެވެ. މުޅި މެޗަށް ބަލާލާއިރު ދިވެހި ޓީމަށް ކުރިމަތިވި އެންމެ އުނދަގޫ އެއްކަމަކަށް ވީ ލިބުނު ފްރީ ތްރޯ ތަކުގެ ބޭނުން ނުހިފުމެވެ. ރާއްޖެ ޓީމަށް 43 ފްރީ ތްރޯ ލިބުނު އިރު ޓީމަށް ކާމިޔާބުކުރެވުނީ އޭގެ ތެރެއިން 14 ފްރީ ތްރޯއެވެ. އެއީ 43.8 ޕަސެންޓެވެ. އެއީ ހިލާފަށް ދިވެހި ޓީމުން ނޭޕާލްއަށް ދީފައިވަނީ އެންމެ 14 ފްރީ ތްރޯ އެވެ. އެޓީމުން ވަނީ 14 ފްރީ ތްރޯއިން 50 ޕަސެންޓު ކާމިޔާބުކޮށްފައެވެ. [caption id="attachment_72444" align="aligncenter" width="1280"] ސާބާ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެމް.ބީ.އޭ[/caption] މިމެޗުން ދިވެހި ޓީމު މޮޅުވީ ފަހު ވަގުތު ކޮޅުގައި ދިވެހި ޓީމުގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިއާ ރިޝްމާ ދެއްކި މޮޅު ކުޅުމުންނެވެ. ރިޝްމާގެ މޮޅު ޑިފެންސާއެކު ހޯދައިދިން ޕޮއިންޓުތަކުންނެވެ. އަދި ނޭޕާލް ކުޅުންތެރިންގެ ހިތްމަރާލީ މެޗު ނިމެން ނުވަ ސިކުންތައް ވެފައިވަނިކޮށް އިއްކޮ ކާމިޔާބުކުރި 3 ޕޮއިންޓުންނެވެ. [caption id="attachment_72448" align="aligncenter" width="1280"] ސާބާ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެމް.ބީ.އޭ[/caption] ދިވެހި ޓީމު ދެން ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ އާއި ދެކޮޅަށެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙