21 ޖެނުއަރީ 2025

ޖޭމްސް ކެމެރަންގެ "އެވެޓާ ދަ ވޭ އޮފް ވޯޓާ" މިމަހު 16 ގައި ރިލީޒްކުރަނީ

މިނިވަން
2 އަހަރު ކުރިން
މިއަހަރު ހޮލީވުޑްގެ ފިލްމުތަކުން ބެލުންތެރިން އެއްމެ ބޮޑަށް އިންތިޒާރު ކުރަމުން ދާ އެއް ފިލްމް އަކީ "އެވެޓާ ދަ ވޭ އޮފް ވޯޓާ" އެވެ. މިއީ ސައިންސް ފިކްޝަން ފިލްމެއްގެ އިތުރުން 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމު އެވެޓާގެ ސީކުއެލް ކަމަށްވާއިރު، މި ދެ ފިލްމު ވެސް ޑައިރެކްޓް ކޮށް އުފައްދާފައި ވަނީ ޖޭމްސް ކެމަރަން އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ރިލީސް ކޮށްފައިވާއިރު އެއަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ދުނިއެއްގައި ހިންގާ ހިޔާލީ ހާދިސާތަކަކަށް ބިނާކޮށް އުފައްދާފައިވާ ފިލުމުގެ ޕްރޮޑަކްޝަންއާ ޝޫޓިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.   [embed]https://youtu.be/d9MyW72ELq0[/embed]   އެވެޓާ އުފެއްދި ޖޭސް ކެމަރަން އަކީ ސައިންސް ފިކްޝަން ފިލްމުތައް އުފެއްދުމަށް މަޝްހޫރުވެފައިވާ އާދަޔާހިލާފު އެތައް މަންޒަތުތަކެއް އޭނާގެ ފިލުމުތަކުން ދައްކުވާލާފައިވާ މަޝްހޫރު ފިލްމު އުފެއްދުން ތެރިއެކެވެ. ކެމަރަން ފިލްމީ ދާއިރާއިން ހޯދި ކާމިޔާބީ ތަކަށްބަލާއިރު ދަ ޓާމިނޭޓާ (1984)، އޭލިއަންސް (1986)، ދަ އެބިސް (1989)، ޓާމިނޭޓާ 2 ޖަޖްމަންޓް ޑޭ (1991)، އަދި އެކްޝަން ކޮމެޑީ ޓްރޫ ލައިސް (1994) ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ. ދިވެހިންގެ ތެރޭގައި ކެމަރަން އެންމެ ފުރަތަމަ މަޝަހޫރުވެފައި ވަނީ (1997) ވަނަ އަހަރު ނެރުނު ޓައިޓެނިކް ފިލްމުންމެވެ. ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔުނު ހިޔާލީ ވާހަކައަކުން އުފެއްދި "ޓައިޓެނިކް" ފިލްމުން ކެމަރަން ވަނި އެތައް އެވޯޑު ތަކެއް ހާޞިލް ކޮށް މުޅި ދުނިޔެއަށް މަޝްހޫރު ވެފައެވެ. 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމުން 2.2 ބިލިއަން ޑޮލަރު ވަނީ ހޯދާފައިވެއެވެ. އެވެޓާ ދަ ވޭ އޮފް ވޯޓާ ވަނީ ރާއްޖޭގެ ސިނަމާތަކުގައި ވެސް ދެއްކުމަށް ހަމަޖެހިފައެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙