
އެއާ އެމްބިއުލާންސްގެ ހިދުމަތާއެކު ފަރުވާ ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު ވަރަށްބޮޑަށް ކުރުވެގެންދާނެ: މިނިސްޓަރު ހަލީލް
އެއާ އެމްބިއުލާންސްގެ ހިދުމަތާއެކު ފަރުވާ ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު ވަރަށްބޮޑަށް ކުރުވެގެންދާނެ: މިނިސްޓަރު ހަލީލް
ލިޔުން:
އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފެށުމަށް ތައްޔާރުވަމުންދާއިރު، މި ހިދުމަތުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވާނީ، ކުއްލި ހާލަތުގައި ބަލިމީހާއަށް ފަރުވާ ހޯދުމަށް މީގެކުރިން ހޭދަކުރަންޖެހުނު ވަގުތު ވަރަށްބޮޑަށް ކުރުވެގެން ދިއުންކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި، އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މިހާރު ކުރެވެމުންދާ މަސައްކަތަކީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް މަރުކާގެ މަތިންދާބޯޓުގައި އެއާ އެމްބިއުލާންސްގެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ޑޭޝް މަރުކާގެ ބޯޓެއްގެ އިތުރުން މޫދަށް ޖައްސާ ބޯޓެއްވެސް ބޭނުންކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މޫދަށް ޖައްސާ ބޯޓު ހާއްސަ ކޮށްފައިވަނީ އެއާޕޯޓް ނުހުއްނަ ރަށްރަށުގެ އިތުރުން އެއާ ޕޯޓާ ދުރުގައި ހުންނަ ރަށްތަކަށެވެ.
މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު ހަލީލް ވިދާޅުވީ، ޤައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތެއް ފެށުމުން ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށްބޮޑަށް ފަސޭހަވެގެންދާނޭ ކަމަށެވެ. މިގޮތުން އެއާ އެމްބިއުލާންސެއް އޮތުމުން ބަލިމީހުން އުފުލުމުގައި މީގެކުރިން އުފުލަމުން އައި ތަކުލީފުތަކަށް ވަރަށްބޮޑު ލުއިކަމެއް ލިބި، އެކަމަށް ކުރަންޖެހޭ ވަގުތު ވަރަށްބޮޑުތަން ކުޑަވެގެންދާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މަސައްކަތުގެ އެންމެ ފަހުގެ ތައްޔާރީތަކަށް ބަލާއިރު، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް އައިލެންޑް އޭވިއޭޝަނުން ދީފައިވާ ބޯޓުގައި އެއާ އެމްބިއުލާންސްގައި ހުންނަ އާލާތްތައް ހަރުކުރުމުގެ މަސައްކަތް މިއަދު ނިމޭނޭ ކަމަށެވެ. މިކަމަށް ބޭނުންވާ އާލަތްތައް ފޯރުކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސްގެ އިތުރުން މަންތާ އެއާ އަދި އައިލެންޑް އޭވިއޭޝަނުންނެވެ.
މިނިސްޓަރު ޢަބްދުﷲ ހަލީލް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފަށާއިރު، ޑޭޝް މަރުކާގެ ބޯޓުން އެއްފަހަރާ ދެ މީހުން އުފުލޭނޭ ކަމަށެވެ. މި ބޯޓަކީ 38 މީހުންގެ ޖާގައިގެ ބޯޓެއްކަމުން ކުރިއަށް އޮތްތަނުގައި ބަލިމީހުން އުފުލަންޖެހޭ އަދަދު އިތުރުކުރުމަށް އެއްވެސް ދަތިކަމެއް ނޯންނާނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބޯޓުގައި ވެންޓިލޭޓަރާއި، އޮކްސިޖަންގެ އިތުރުން އެމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް އިންޖެކްޝަނުގެ އިތުރުންވެސް މެޑިކަލް އާލާތްތައް ހުންނާނެއެވެ.
މިނިސްޓަރު ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ނަރުހުންނާއި، ޑޮކްޓަރުންގެ އިތުރުން ޓެކްނީޝަނުންނާއި އެނޫން މީހުންވެސް ތަމްރީނުކޮށް ނިމިފައިވާކަމަށެވެ. މިގޮތުން މިހާރުވެސް 5 ނަރުހުންނާއި، 5 ޑޮކްޓަރުންގެ އިތުރުން 5 ޓެކްނީޝަނުން އެއާ އެމްބިއުލާންސްގެ ދަތުރުތަކަށް ފައްކާކޮށްފައިވާކަމަށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ބޭރަށް ފެށުމުގެ ގޮތުން އަވައްޓެރި ސްރީލަންކާއަށް އުދުހުމުގެ ހުއްދަ ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް އިތުރު ގައުމުތަކުން ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
