
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު މޭމަހާ ހަމައަށް
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު މޭމަހާ ހަމައަށް
ލިޔުން:
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2024 ކުރިމަތި ލުމުގެ ފުރުސަތު މިއަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި ވާ ކަމަށް ކޮލޮންބޯ ގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން އިން އަންގާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
އެމިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެ ސްކޮލޮޝިޕް ގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެޕްލައި ކުރެވޭނެ ދާއިރާތަކާއި މައުލޫމާތު އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓި، އެސްޓެބްލިސްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިން އެލަވަންސް އަދި ހެލްތް އިންޝޫރެންސް ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތްތަކުން ހަމަޖައްސަވާ ދެއްވާނެ ކަމުގައި އިއުލާންގައި ބުނެފައިވެއެވެ. އެ ކޯސްތަކަށް ހޮވޭފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓޯ (އެމްކިޔުއޭ) އިން ގަބޫލިކުރާ އިންސްޓްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފައިވެއެވެ.
އަދި މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސްންސިންގެ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްތޯ، އެއިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
