
ބަނޑު ހިންދުމަށް އޮތް މެޖިކް ފޯމިއުލާ- އިންޓިމިޓެންޓް ފާސްޓިން
ބަނޑު ހިންދުމަށް އޮތް މެޖިކް ފޯމިއުލާ- އިންޓިމިޓެންޓް ފާސްޓިން
ލިޔުން:
ބޮޑު ބަނޑެއް ހުރުން ނުވަތަ ފަލަވުން މިއިން ކޮންމެ ނަމެއް ކިޔަސް ބަނޑުގެ މަސްގަނޑ،ލާފައި ހުންނަ ޖީންސް ނުވަތަ ހަރުވާޅު މަތިން ބޭރަށް ނިކުމެ މަފިންއެއް ހެން ހުރިމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.
ބަނޑުގައި ނުވަތަ އުނަގަނޑުގައި މަސްޖަހާ ހާއްސަ ސަބަބުތަކެއް ހުރެއެވެ. އަދި ފްލެޓް ބަނޑެއް ބޭނުންވާނަމަ ކުރަންވީ ވަކި ހާއްސާ ކަންތައްތަކެއް އެބަހުއްޓެވެ. ކިޔަމުން ގެންދަވާ! އެއީ އެއްވެސް ހާލެއްގައި ބަނޑުގެ ކަސްރަތާ ގުޅިފައިވާކަމެއް ނޫނެވެ.
އެންމެ ފުރަތަމަ އެނގެންޖެހާ ކަމަކީ ފެޓް ހިންދުން ނުވަތަ ފެޓް ލޮސް އާއި އޮވަރ ވެއިޓްއަކީ މިއީ މުޅިން ދެ ކަންތައްކަމެވެ. ކިތަންމެ ހިކި މީހިއްގެވެސް ބަނޑާއި އުނަގަނޑުގެ މަސްތައް ބޮޑުވެފައި ހުރެދާނެއެވެ. އަދި ކިތަންމެ ފަލަ މީހެއްގެވެސް މާ ބޮޑު ބަނޑެއް ނެތި ހިނގައިދާނެއެވެ.
ބަނޑު ބޮޑުކޮށް ހުރުން ގުޅިފައިވަނީ ބަނޑުގައި ފެޓް އަށަގަނެފައިހުރުމާއެވެ. އެހެންކަމުން ފްލެޓް ބަނޑެއް ގުޅިފައިވަނީ ކާތެއްޗާއި ކާ ގަޑިތަކާއެވެ.
ދިރާސާތަކުން ދައްކާގޮތުން ބަނޑުގައި އަށަގަނެފައިވަ ފެޓް ދުއްވާލުމަށް އޮތް މެޖިކް ފޯމިއުލާއަކީ އިންޓިމިޓެންޓް ފާސްޓިންއެވެ. އެހެންނަމަވެސް އިންޓިމިޓެންޓް ފާސްޓިންއޭ ބުނީމާ ބައެއް މީހުންނަށް މިއީ ބަނޑުހައިހޫނު ކަންމަތީގައި ހުރުންކަމަށް ހީވެދާނެއެވެ. އެހެންނަމެސް މިއީ އެހެން އޮތްކަމެއް ނޫނެވެ.
އިންޓިމިޓެންޓް ފާސްޓިން އަކީ ތިމާ ކާން ބޭނުންވާ ކާނާ ރަނގަޅު ގަޑިތަކުގައި ކެއުމެވެ. އެހެން ގޮތަށްކަށް ބުނާނަމަ ފޫހިވާ ކޮންމެ ފަހަރަކު ފްރިޖް ހުޅުވައި ކާލުމުގެ ބަދަލުގައި ވަކި ރޫޓިން އަކަށް ކެއުމުގެ ގަޑިތައް ބެހެއްޓުމެވެ.
އިންޓިމިޓެންޓް ފާސްޓިންގ އަށް ދާންބޭނުންވާނަމަ އެކަން ކުރެވިދާނެ ގޮތްތަކެއް ތިރީގައި ލިޔެލާނަމަވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
