
ކަރެކްޝަންސްގެ އޮފީސް، ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކޮށްފި
ކަރެކްޝަންސްގެ އޮފީސް، ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކޮށްފި
ލިޔުން:
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައި އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންއަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަންސްގެ އޮފީސް ރޭޑިއޯ ބިލްޑިންއަށް ބަދަލުކުރީ ގާޒީ ބިލްޑިން ބާވެ، އެ އިމާރާތް ބޭނުންކުރުން ހުއްޓާލަން ސަރުކާރުން ނިންމުމުންނެވެ. 11 އަހަރަށްފަހު ސަތޭކައަށް ވުރެ ގިނަ މުވައްޒަފުންނާ އެކު ކަރެކްޝަންގެ އޮފީސް ގާޒީ ބިލްޑިންގ އިން ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކޮށް، މިއަދު ވަނީ މަސައްކަތް ކުރަން ފަށާފައެވެ.
ޕްރިޒަންސް އޮފީސް ބަދަލުކޮށް، އެ ތަން ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގާޒީ ބިލްޑިންގ އިމާރާތް ބާވެ، އެ ތަނުގައި މަސައްކަތް ކުރުމަށް ދިމާވަމުންދިޔަ މައްސަލަތަކަށް ހައްލު ލިބޭތޯ މަަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
ސަރުކާރުން ވަނީ ގާޒީ ބިލްޑިން ތަޅާލުމަށް ފަހު އެ ތަން ޕާކިން ޒޯން އަކަށް ބަދަލުކުރުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
