
ޑިޖިޓަލް އައިޑީ ކާޑުން އާސަންދަ ލިބޭގޮތް ހަދައިފި
ޑިޖިޓަލް އައިޑީ ކާޑުން އާސަންދަ ލިބޭގޮތް ހަދައިފި
ލިޔުން:
ޑިޖިޓަލް އައިޑީ ކާޑުގެ އެހީގައި އާސަންދަ ސްކީމްގެ ތެރެއިން ހިދުމަތް ހޯދޭނެ އިންތިޒާމެއް ހަމަޖައްސައިފި އެވެ.
އާސަންދަ ކުންފުނިން ބުނީ މިދިޔަ އަހަރު ތައާރަފު ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންއައިސީޓީ) މިހާރު ޑިޖިޓަލް އައިޑީ ކާޑު އޮތް ނަމަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެ ކާޑު މެދުވެރިކޮށް ހިދުމަތް ހޯދޭނެ ކަމަށެވެ.
ޑިޖިޓަލް އައިޑީއަކީ ހުރިހާ ހިދުމަތެއްވެސް އަވަސް ކަމާއިއެކު އެއް ނިޒާމެއްގެ ގޮތުން ބޭނުންކުރެވޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ ކާޑެކެވެ. އަދި އޭގެ ސަބަބުން ޒާތީ މައުލޫމާތުތަށް ރަށްކާތެރިކޮށްދޭނެއެވެ. މި ކާޑު ބޭނުން ކޮށްފި ނަމަ، އެމީހެއްގެ އީފާސްގެ ވެބްސައިޓްއިން ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެއެވެ. އަދި އޮންލައިން މެދުވެރިވޮށްވެސް މި ކާޑްގެ ކިއުއާރް ކޯޑް ސްކޭން ކޮށްލުމުން އެމީހެއްގެ މައުލޫމާތު އަވަސް ކަމާއިއެކު ލިބިގެންދާނެވެ.
މިމަހުގެ އެއްވަނަ ދުވަހު ހއ. އަތޮޅު ހޮސްޕިޓަލުގައި ވެސް ވަނީ ޑިޖިޓަލް އައިޑީ ކާޑުން އާސަންދަ ހިދުމަތް ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
