
އީދު ޚުޡުބާ: "ރުޅިވެރިކަމާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ"
އީދު ޚުޡުބާ: "ރުޅިވެރިކަމާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ"
ލިޔުން:
ވަޠަނުގެ އަމާންކަމުގެ ނިއުމަތަކީ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށާއި، މިއަދުގެ އީދު ނަމާދުގެ ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
ޚުޡުބާގައި ވިދާޅުވީ، އީދު ދުވަހަކީ އިންސާނިއްޔަތުކަން ފާޅުކުރަން ޖެހޭ ދުވަހެއް ކަމަށާއި، މިއަދު ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ހަކަލަ އަރާރުމެއް، ދެކޮޅުވެރިކަމެެއް އޮތްނަމަ، އެކަން ނައްތާލަން ޖެހޭނެ ކަމަށެވެ.
"އިސްލާމް ދީން ގޮވާލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކު ކަމުގައި ވުމަށެވެ. އަނިޔާވެރި އާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ. ހަގީގީ ލޯބި އޮންނާނި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރި ވެގެންނެވެ. ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިގެންނެވެ." އީދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި އީދު ދުވަސްފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، މިއަދުގެ ބަރަކާތްތެރި ޖަމާއަތަށް އެންމެހާ މުސްލިމުން ހާޒިރު ކުރުވީ މާތްވެގެންވާ އިސްލާމް ދީން ކަމެވެ. އެހެންކަމުން ހުރިހާ މުސްލިމުންވެސް ދީނާއި އަޤީދާއަށް ރައްކާތެރިވާން ޖެހޭނެ ކަމުގައިވެސް ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
"އަހަރެމެން މިއަދު ޚިދުނަމާދަށް ޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައި ވަންތަކަމެވެ. އަހަރެމެންގެ ކުޑަކުދިންނާއި ބޮޑެތި
މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދިންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯތްބެވެ. މިއަދު ހުރިހާ ރުޅިވެރިކަމާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ. ބައިބައިނުވެ، އެއްގަލަކަށް އަރަމާ ހިނގާށެވެ! އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް
އަނެކާގެ ޙައްގު އަދާކުރަމާ ހިނގާށެވެ! މައިންބަފއިންގެ ޙައްގުތަކުން ފަށަމާ ހިނގާށެވެ. މައިންބަފައިންކުރެ ހަމަ އެކަކުވެސް ހިތުގައި ނުޖައްސަން މިއަދު އަޒްމު ކަނޑައަޅަމާ ހިނގާށެވެ!" ޚުތުބާގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
