
ފީވަކުގައި އެމްޑީޕީން ދިދަ ނަގަން ތައްޔާރުވެފައި ވަނިކޮށް ހަމަ އެތަނުގައި ޕީޕީއެމްގެ ދިދަ ނަގައިފި
ފީވަކުގައި އެމްޑީޕީން ދިދަ ނަގަން ތައްޔާރުވެފައި ވަނިކޮށް ހަމަ އެތަނުގައި ޕީޕީއެމްގެ ދިދަ ނަގައިފި
ލިޔުން:
ށ. ފީވަކުގައި އެމްޑީޕީން އެ ޕާޓީގެ ދިދަ ނަގަން ތައްޔާރުވެފައި ވަނިކޮށް އެތާ ޖެހިގެން ޕީޕީއެމްގެ ދިދަ ނަގައިފިއެވެ.
ފީވަކުގެ ފެނަކާ ސަރަހައްދުގައި ޕީޕީއެމް އިން ދިދަ ނަގާފައި ވަނީ އެ ރަށުގެ ކައުންސިލް މެމްބަރު އިބްރާހީމް ރާޝީދު އިސްކޮށް ހުންނަވައިގެންވެ.
ރަޝީދު "މިނިވަން" އަށް ވިދާޅުވީ، ޕީޕީއެމްގެ ދިދަ އެތާ ނަގާފައި ވަނީ އެމްޑީޕީން ކައުންސިލް ހުއްދައަކާ ނުލައި ދިދަ ނަގަން ހޮޅިދަނޑި ޖަހާފައިވަނިކޮށް ކައުންސިލްގެ ރައީސް އާ ގުޅާ މައުލޫމާތު ސާފުކޮށް ހުއްދަ ނެގުމަށް ފަހު ކަމަށެވެ.
އެރަށުގެ ކައުންސިލް ރައީސް އާއި ހަވާލާދީ ރަޝީދު ވިދާޅުވ،ީ އެމްޑީޕީން އެ ސަރަހައްދުގައި ދިދަ ނަގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި، އެވެސް ހުއްދައެއް އެކަމަށް ދީފައި ނުވާނޭ ކަމަށެވެ.
"އެމްޑީޕީން ޖަހާފައި އިނީ ހުސް ހޮޅިދަނޑިއެއް އެ ވެސް ހުއްދަ ނުނަގާ، ޕީޕީއެމްގެ ދިދަ އަޅުގަނޑުމެން ނަގާފައިވާނީ ގައުމީ ދިދަ އަށް ވުރެން މަތިނުވާ ގޮތަށ،ް އެގޮތަށް ދިދަ ނެގުމުގެ ބޭނުމަކީ ގައުމީ ދިދައަށް އިހްތިރާމް ކުރުމުގެ ގޮތުން" ރަޝީދް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް އިއްޔެ ހަވީރު ވަނީ ނަގާފައެވެ. މީގެ އިތުރުން ރައީސް ސޯލިހްގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްވެސް އެ ރަށްތަކުގައި ކުރިއަށް ގެންދިޔަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
