
ފުރަތަމަ ފަހަރަށް ސާނަވީ ގަދަ ދިހައެއްގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހިމެނިއްޖެ
ފުރަތަމަ ފަހަރަށް ސާނަވީ ގަދަ ދިހައެއްގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހިމެނިއްޖެ
ލިޔުން:
ސާނަވީ ގަދަ ދިހައެއްގައި ފުރަތަމަ ފަހަރަށް އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހަ ދަރިވަރަކު ހިމެނިއްޖެއެވެ.
ސާނަވީ އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި މީގެ ކުރިން އެ ސްކޫލްގެ ދަރިވަރުން ހިމެނިފައެއްނުވެއެވެ. މިދިޔަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އެ ސްކޫލުގެ ދަރިވަރުންނަށް ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ވާދަކުރެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
މިފަހަރު ގަދަދިހައެއްގައި ހިމެނުނު އެސްކޫލުގެ ހަ ދަރިވަރުންނަކީ:
އައިޝަތު ދާއިން އަހުމަދު ޝަރީފު، ( ގަދަ ދިހައެއްގެ ދެވަނަ)
ހައްވާ ޒައިހާ ހަބީބު، ( ގަދަ ދިހައެއްގެ ދެވަނަ)
އަހުމަދު ޒައުލް، ( ގަދަ ދިހައެއްގެ ތިންވަނަ)
އައިޝަތު ލައިޝާ، ޝިހާމް، ( ގަދަ ދިހައެއްގެ ހަތަރުވަނަ)
އަބްދުއްރަޙްމާނު ބިން އަހްމަދު ސަމީރު، ( ގަދަ ދިހައެއްގެ ހަތްވަނަ)
އައިޝަތު ނަދާ ( ގަދަ ދިހައެއްގެ ހަތްވަނަ)
މިއީ އަރަބިއްޔާ ސްކޫލަށް ތާރީހީ ކާމިޔާބަކަށްވާ އިރު، އެސްލޫލުގެ ބެލެނިވެރިން ދަނީ، ސްކޫލަށް ދިމާވެފައިވާ ގިނަ ދަތިތަކާ މެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި އެސްކޫލު ހިންގުމަށް ދާއިމީ އިމާރާތެއް ލިބުން ލަސްވެފައިވުން ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
