
ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ދާއިމީ ނަތީޖާއިން ޝާޒަށް 6 ވޯޓު އިތުރު
ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ދާއިމީ ނަތީޖާއިން ޝާޒަށް 6 ވޯޓު އިތުރު
ލިޔުން:
ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ މިއަދު އިއުލާނު ކުރި އިރު ، އެގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް ވަނީ ވަގުތީ ނަތީޖާއާއި އަޅާ ބަލާއި ހަ ވޯޓު އިތުރުވެއްޖެއެވެ.
ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބްރާހިމް ޝާޒްއަށް ވަނީ ޖުމްލަ 1346 ވޯޓު ލިބިފަ އެވެ. ވަގުތީ ނަތީޖާގައި ޝާޒް އަށް ލިބުނީ 1340 ވޯޓެވެ.
އެ އިންތިޙާބުގައި ދެން ވާދަކުރެއްވި ، ޕީޕީއެމްގެ ހުސެއިން ރިޒާ އަށް ދާއިމީ ނަތީޖާގައި ވެސް ލިބުނީ 1226 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އާރިފް އަށް ދާއިމީ ނަތީޖާގައި ލިބިފައިވަނީ 122 ވޯޓެވެ. ވަގުތީ ނަތީޖާގައި އާރިފްއަށް ލިބުނީ 128 ވޯޓެވެ.
އިންތިހާބުގައި ޖުމްލަ ސައްހަ ވޯޓުގެ އަދަދީ 2694 ކަމަށް ދާއިމީ ނަތީޖާއިން ދައްކަ އެވެ. އަދި ވޯޓުލުމުގެ ހައްގުލިބިގެންވާ 3423 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 2755 މީހުންނެެވެ.
[embed]https://minivan.mv/86347/[/embed]
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު، އަވަހާރަވުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
