
ހޯޑެއްދޫ ރައްޔިިތުންނަށް 20 ޓަނުގެ ބޯފެން ލިބިއްޖެ
ހޯޑެއްދޫ ރައްޔިިތުންނަށް 20 ޓަނުގެ ބޯފެން ލިބިއްޖެ
ލިޔުން:
ގދ. ހޯޑެއްދޫ ފެނަށް ޖެހިފައިވާތާ ދުވަސްތަކަކަށް ފަހު ފެނަކައިން އެރަށަށް 20 ޓަނުގެ ބޯފެން ސަޕްލައިކޮށްދީފި އެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް "ނިމިވަން" އަށް ވިދާޅު ވީ ފެނުގެ ދަތިކަން ހައްލު ކުރުމަށް މިދިޔަ މަހު 26 ގައި ފެނަކަ އަށް ފެނަށް ދެންނެވި ކަމަށެވެ.
ފެނަކައިން ފެން ސަޕްލައި ކޮށްދިނުމުގައި ލަސްތަކެއް ދިމާވިނަމަވެސް މިހާރު ވަނީ މިހާރަށް ބޭނުންކުރެވޭ ވަަރަށް އެރަށަށް ފެން ލިބިފައެވެ.
" ޕަބްލިކް ތާންގި ތަކުން ފެން ނެގެންޏާ ޝޯޓޭޖް އެއްނުވާނެ، މިހާރު ރައްޔިތުންނަށް ޕަބްލިކް ތާނގީތަކުން ފެން ނެގޭނެ." ވާރިޝް ވިދާޅުވިއެވެ.
[embed]https://minivan.mv/86809/[/embed]
ހޯޑެއްދޫ އަކީ 861 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި ބޯފެނުގެ ނިޒާމް ގާއިމު ކުރެވިފަ ނުވާ އިރު، ކައުންސިލުން ބުނީ އެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި، އަދި ތިން ހަތަރު މަހެއް ތެރޭގައި އެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
