
ހުކުރުހުތުބާގެ އިނގިރޭސި ތަރުޖަމާ ޝާއިއުކުރަން ފަށައިފި
ހުކުރުހުތުބާގެ އިނގިރޭސި ތަރުޖަމާ ޝާއިއުކުރަން ފަށައިފި
ލިޔުން:
ހުކުރު ޚުތުބާ، އިނގިރޭސިބަހަށް ތަރުޖަމާކޮށް، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހުކުރު ހުތުބާ އިނގިރޭސިބަހަށް ތަރުޖަމާ ކުރުމަކީ ދީނީ މައުލޫމާތު ފަތުރައި، އިސްލާމްދީނަށް ލޯބި ޖައްސަން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އިސްލާމީ ދައުވަތު ފަތުރަން އެ މިނިސްޓްރީން ކުރާ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"...ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ،" އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިއުމެއްގައި ބުންޏެވެ.
ރާއްޖޭގައި ގިނަ އަދެއްގެ ބޭރުމީހުން މަސައްކަތްކުރާ އިރު އޭގެ ތެރޭގައި އެންމެ ގިނައިން އަށްޓެރި ބަންގްލަދޭޝާއި އިންޑިއާއާއި ސްރީލަންކާގެ ރައްޔިތުންނެވެ. އެހެން ނަމަވެް ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ރިސޯޓްތަކުގައި އެެހެން ގިނަ ގައުމުތަކެއްގެ މީހުން ވެސް މަދު އަދަދަކަށް މަސައްްކަތް ކުރެ އެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ދޭ ހުކުރު ހުތުބާ ތަކަކީ އިސްލާމިކް މިނިސްޓްރީން ލިޔެ ތައްޔާރުކޮށްފައި އިމާމުންނަށް ދިނުމުން ކިޔާ ޚުތުބާތަކެކެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތިބި ނަމަވެސް އަމިއްލަފުޅު ހުތުބާއެއް ކިއުމުގެ ހުއްދަ އޮންނަނީ ވަރަށް މަދު ބޭފުޅުންކޮޅަކަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
