
ހުޅުމާލޭ ޕޮލިސްޓޭޝަން އަށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފި
ހުޅުމާލޭ ޕޮލިސްޓޭޝަން އަށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފި
ލިޔުން:
ހުޅުމާލޭ ފޭސް 2 ގެ ޕޮލިސްޓޭޝަން އަށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު "މިނިވަން" ނޫހަށް ވިދާޅުވިގޮތުގައި ހުޅުމާލޭ ފޭސް 2 ގެ ޕޮލިސްޓޭޝަންގެ ބިއްލޫރި ގަނޑު ތަޅާލައި ގެއްލުންދިން މައްސަލާގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާފައިވަނީ ގާބުރިޔެއް އެއްލައިގެން ކަމަށާއ،ި އެ ހާދިސާގައި އެވަގުތު ޕޮލިސް ސްޓޭޝަން ތެރޭގައި ހުރި ފުލުހަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮއްލާފަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
