އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ޕީއެންސީގެެ ރައީސް އަބްދުއްރަހީމް ( އަދުރޭ) އާއި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގެ އިތުރުން އެމްޑީޕީގެ ނަޝީދުގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ "ކަނޑުން ބައެއް ގެއްލުވާލި" މައްސަލާގައި އިދިކޮޅުން މަޖިލީސް ރައީސާ ބައްދަލުކޮށްފައިވާ ކަމަށެވެ. [embed]https://twitter.com/Banafsaa/status/1655460138441125888[/embed]
އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދާއި ބައްދަލު ކޮށްފި
އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދާއި ބައްދަލު ކޮށްފި
ލިޔުން:
ޗާގޯސްގެ ކަނޑުގެ އިން ކަނޑައެޅި މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކޮށްފި އެވެ.
އެ ކޯލިޝަނުން ބުނެފައިވަނީ، މިބައްދަލުވުމަކީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު ޔާމީންގެ ލަފާފުޅުގެ މަތިން ބޭއްވި ބައްދަލުވުމެއްކަމުގައެވެ.
އެ ބައްދަލުވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މޮރިޝަސް - ރާއްޖެ އިމުގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުގެ އިތުރުން ރައީސް ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
