
އިސްލާމިކް މިނިސްޓްރީއިން "ނޫރު ޓީވީ" ޗެނަލް ފަށަނީ
އިސްލާމިކް މިނިސްޓްރީއިން "ނޫރު ޓީވީ" ޗެނަލް ފަށަނީ
ލިޔުން:
އިސްލާމިކް މިނިސްޓްރީގެ ދީނީ ޗެނަލް ކަމަށްވާ "ނޫރު ޓީވީ" މި ޖެނުއަރީގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެ ހަފްތާއެއް ކުރިން ދީނީ ޗެނަލެއް އުފައްދަން އުޅޭކަން އިއުލާން ކުރައްވާ އެ ޗެނަލަށް ކިޔާ ނަމެއް ހޯދުމަށް މިނިސްޓަރު ޝަހީމް ވަނީ އާންމުންގެ ހިޔާލު ހޯއްދަވާފައެވެ.
އެގޮތުން މިނިސްޓަރު ޝަހީމް ވަަނީ ދީނީ ޗެނަލަށް ކިޔާނެ ނަމަކީ "ނޫރު ޓީވީ" ކަމަށް ހާމަކުރައްވާފައެވެ. އަދި މި ޗެނެލް މި މަހުގެ 25 ގައި ލޯންޗް ކުރާނެ ކަމަށް އެ މިނިސްޓަރީއިން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ ޗެނަލަކީ ދީނީ މައުލޫމާތު ފަތުރައި، ދީނީ ކަންކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީއިން އުފައްދާ ޓީވީ ޗެނެލެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
