
މާފުށީ ގައި 24 ގަޑި އިރުވެސް ސޯލާ ހަކަތައިން ކަރަންޓް ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަނީ
މާފުށީ ގައި 24 ގަޑި އިރުވެސް ސޯލާ ހަކަތައިން ކަރަންޓް ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަނީ
ލިޔުން:
އިރުގެ އަވިން ހަކަތަ އުފައްދައިގެން މުޅި ރަށަށް ކަރަންޓު ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއްް މާފުށީގައި ހިންގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން ކ. މާފުށީގައި ހިންގަން ރާވާފައިވާ މި ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް އޮތް ދެމަހެއްގެ ތެރޭގަ ފަށާނެކަމުގައެވެ.
" އެ ޕްރޮޖެކްޓަކީ 24 ގަޑި އިރު މާފުށި ސައިލެންޓްކޮށް އޮތުން. މާނައަކީ 24 ގަޑި އިރު ސޯލާގެ ބޭނުންކޮށްގެން ބަލާނީ ކިހާވަރެއްގެ އިންޕެކްޓެއް އައިސްގެންތޯ ޓެރިފް ކުޑަކުރެވޭނީ " ޝަރީފް ވިދާޅުވިއެވެ.
މާފުށީގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ ޝަރީފު ވިދާޅުވި ގޮތުގައި މާފުށްޓަކީ މާލެ ފިޔަވައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އެއްރަށް ކަމަށް ވާތީ އެވެ. މާފުށިގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް އެފަދަ ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ދުވާލުގަޑީގައި އިންޖީނު ނިވާލެވޭ މިންވަރަށް ސޯލާ ޖަހާލެވޭނެކަމަށް އެނާޖީ މިނިސްޓަރު އާމިނަތު ޝައުނާ އިއުލާން ކުރައްވަފައިވާތީ، ސޯލާ ބޭނުންކޮށްގެން ކަރަންޓު އުފެއްދެނީ ކިހާމިންވަރަކަށްތޯ ބަލަން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސަރުކާރުން އިއްޔެ ސޮއިކޮށްފައި ވާއިރު، އެ ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 6.35 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމު ގާއިމްކުރާނެ އެވެ. ރާއްޖެ 2023 ގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހަދަން ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝައުނާ އިއްޔެ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
