
މާލޭގައި ގިނިކާމާދޫންޏެއް ގެންގުޅޭ މައްސަލަ ބަލަނީ
މާލޭގައި ގިނިކާމާދޫންޏެއް ގެންގުޅޭ މައްސަލަ ބަލަނީ
ލިޔުން:
މާލޭ ގެއެއްގައި ގިނިކާމާދޫންޏެއް (އޮސްޓްރިޗެއް ގެންގުޅޭ ފޮޓޮއެއް ސޯޝަލް މީޑިއާގަައި އާންމުވުމާ ގުޅިގެން އެ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ފެންނަ ގޮތުން އެ ދޫނީގައި ގާތްގަނޑަކަށް ފަސް ފޫޓް ހުންނާނެ އެވެ.
ފިޝަރީޒް މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދިން ގޮތުން، އޮސްޓްރިޗް އަކީީ ފާމެއްގައި ގެންގުޅެން ހުއްދަ ދޫކޮށްފައިވާ އެއްޗަކަށްވީ ނަމަވެސް ގޭގޭގައި ގެން ގުޅޭކަށް ހުއްދަ ދީފައިވާ އެއްޗެއް ނޫނެވެ.
އެ މިނިސްޓްރިން ބުނެފައިވަނީ ރަސްމީކޮށް އެކަން އެނގިފައި ނުވާ ކަމަށާއި އެކަން ބެލުމަށްފަހު އެ މިނިސްޓްރީން އަޅާނެ ވަކި ފިޔަވަޅެއް ހާމަކުރާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސް ފޫޓަށް ވުރެ ބޮޑުވެފައިވާ އެ އޮސްޓްރިޗް މިހާރު ގެންގުޅެމުން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިހަވަހީގައި ހުންނަ މަސައްކަތު ސައިޓެއްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
