
މަސްތުވާތަކެތީގެ މައްްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިފި
މަސްތުވާތަކެތީގެ މައްްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިފި
ލިޔުން:
މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ބަންދުކޮށްފައި ހުރި މީހަކު ފިލައިފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮސިލް ސްޓޭޝަނަށް ހާޒިރުކޮށްފައި ހުރި މީހަކު ރޭ 12:30 ހާއިރު ފިލާފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމުގައެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ވެސް އެކުގައެވެ.
ދާންދޫ ކައުންސިލުން ބުނިގޮތުގައި މިއީ އެމީހާ މިގޮތަށް ފިލާފައިވާ ތިން ވަނަ ފަހަރެވެ.
އެމީހާ އަކީ ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ތުހުމަތުކުރެވި އަދި ބަންދު ވެސް ކުރެވިފައިވާ މީހެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
