
މުޖުތަމައުގައި އަންހެނުންގެ ދައުރަކީ، ދެވަނައެއްނެތް ދައުރެއް : ރައީސް ސޯލިހް
މުޖުތަމައުގައި އަންހެނުންގެ ދައުރަކީ، ދެވަނައެއްނެތް ދައުރެއް : ރައީސް ސޯލިހް
ލިޔުން:
މުޖުތަމައުތައް ތަރައްގީކޮށް ކުރުއެރުވުމުގައި އަންހެނުން އަދާކުރާ ދައުރަކީ އެފަދަ ދެވަނައެއްނުވާ ދައުރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ، އަންހެނުންގެދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުންގެ ދުވަހު ހަނދާން ކުރަންވީ، މުޖުތަމައުތައް ކުރިއެރުވުމުގައި އަންހެނުން އަދާކުރާ ދައުރަކީ އިންކާރުނުކުރެވޭނެ ގޮތުގައި، އެފަދަ ދެވަނައެއްނުވާ ދައުރެއްކަމުގައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޑިޖިޓްއޯލް - އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" ކަމުގައި ވާއިރު، ރައީސް ސޯލިހު ވިދާޅުވީ، ޑިޖިޓަލް މުސްތަގުބަލެއް ބައްޓަން ކުރުމަށް އެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ތަފާތުތައް ނައްތާލަން އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭނެ ކަމުގައެވެ.
[embed]https://twitter.com/ibusolih/status/1633350147609444352[/embed]
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރަކު ވެސް މާޗް މަހުގެ 8 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
