
މުސްކުޅިނަށް ދެމުން އަންނަ އެލެވެންސް 7000 ރުފިޔާ އަށް ބޮޑު ކުރާނަން: ގާސިމް
މުސްކުޅިނަށް ދެމުން އަންނަ އެލެވެންސް 7000 ރުފިޔާ އަށް ބޮޑު ކުރާނަން: ގާސިމް
ލިޔުން:
މުސްކުޅިންނަށް ދެމުން އަންނަ އެލެވެންސް 7000 ރުފިޔާ އަށް ބޮޑު ކުރާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، އަދި އެ ޕާޓީގެ ލީޑާރު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ، ޖޭޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް މިރޭ ކާނިވަލް ސަރަހައްދުގައި ކުރިއަށް ދާ ޖަލްސާ ގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
ގާސިމް ވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި މުސްކުޅިންގެ އެލެވެންސް މިހާރަށް ވުރެ ބޮޑުކޮދޭން ވައުދުވެފައެވެ.
ގާސިމް ވަނީ، އެމަނިކުފާނުގެ ރިޔާސީ ވައުދު ތަކުގައި ހިމެނޭ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. ނަމަވެސް ވަގުތު ކުޑަތަން ވުމުން އެ ކަންކަމުގެ ތަފްސީލަށް ގާސިމް ވަޑައިގެންފައެއް ނުވެއެވެ.
މިރޭ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން، ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ބޭނުން ކުރާނެ ޝިއާރާއި އިންތިހާބުގައި ބޭނުން ކުރާނެ ލަވަ ވެސް އިފްތިތާހު ކޮށްދީފައެވެ. ގާސިމް ގެ ރިޔާސީ އިންތިހާބުގެ ޝިއާރަކީ "ހާސްކަނޑާލާ، ހަމަޖެހޭނެ" މި ޝިއާރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
