
އޮންލައިންކޮށް ރިޕޯޓް ބެލޭގޮތް އައިޖީއެމްއެޗް އިން އަނެއްކާ ވެސް ހަދައިފި
އޮންލައިންކޮށް ރިޕޯޓް ބެލޭގޮތް އައިޖީއެމްއެޗް އިން އަނެއްކާ ވެސް ހަދައިފި
ލިޔުން:
އީޕޯޓަލް މެދުވެރިކޮށް ، ޓެސްޓުތަކުގެ ނަތީޖާ ބެލޭގޮތް އައިޖީއެމްއެޗުން ހަދައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ އަލުން އީޕޯޓަލް ހުޅުވާފައިވަނީ ކުރިން ހުރި މައްސަލަތައް ހައްލުކުރުމަށް ފަހުގައި ކަމަށެވެ. މިހާރު އެ ޕޯޓަލްއަށް ވަދެވެނީ "އީފާސް" މެދުވެރިކޮށެވެ.
[embed]https://twitter.com/igmhmv/status/1646534344604012544[/embed]
އައިޖީއެމްއެޗުން ބުނީ މި ޕޯޓަލް އިން ލެބޯޓްރީ ރިޕޯޓްތަކުގެ އިތުރުން މެޑިކަލް ރެކޯޑުތަކާއި، ބޭސް ސިޓީތައް ވެސް އޮންލައިންކޮށް ބަލާލެވޭނެކަމުގައެވެ.
ކުރިން ވެސް އޮންލައިންކޮށް ރިޕޯޓުބެލުނެވެ. ނަމަވެސް މިދިޔަ އަހަރު ފެބްރުއަރީ މަހު ޕޯޓަލް ޑައުން ކުރީ އެ ޕޯޓަލް މެދުވެރިކޮށް އެހެން މީހުންގެ މެޑިކަލް ރެކޯޑުތައް އައިޑީކާޑު ނަމްބަރު ބޭނުންކޮށްގެން ބެލޭކަން މީޑިއާގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
