
ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް ކައުންސިލްގެ ލަގަބު ދާންދޫއަށް!
ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް ކައުންސިލްގެ ލަގަބު ދާންދޫއަށް!
ލިޔުން:
ރާއްޖޭގެ އެންމެ ފުރަތަމަ މުޅިން އެއްކޮށް ޑިގިޓަލް ކައުންސިލްގެ ލަގަބު ގއ. ދާންދޫއަށް ލިބިއްޖެއެވެ.
ދާންދޫ ކައުންސިލުން ބުނީ، އެ ރަށު ކައުންސިލުންދޭ ހިދުމަތްތައް ޑިޖިޓަލް ކޮށް ދާންދޫ އަކީ ޑިޖިޓަލް ރަށަކަށް ހެދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފަހި ޕޭ މެދުވެރި ކޮށް މިހާރު ދާންދޫ ކައުންސިލުން ދޭ ހުރިހާ ހިދުމަތެއް ކޮންމެ ތާކު ހުރެގެންވެސް އޮންލައިން ކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ފަހިޕޭ އާ ގުޅިގެން ދާންދޫ ކައުންސިލްގެ ޕޭމަންޓްތަށް ޑިޖިޓަލް ކުރެވިފައިވާ ކަމަށް ދާންދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ، އެ ހިދުމަތާ އެކު އެ ރަށް ވެގެން މިދިޔައީ ފަހި ޕޭ މެދުވެރިކޮށް ހުރިހާ ހިދުމަތަކަށް އޮންލައިން ކޮށް ފައިސާ ދެއްކޭ އެންމެ ފުރަތަމަ ކައުންސިލަށް ކަމަށެވެ. އެގޮތުން ދާންދޫ ކައުންސިލުން ވަނީ އެ ހިދުމަތުގެ އަގުވަޒަން ކޮށް ފަހި ޕޭ އަށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
