
ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ޖިނާއީ 2 ތުހުމަތެއްގެ ދައުވާގެ އަޑުއެހުންތައް އަންނަ ހަފްތާއަށް ތާވަލުކޮށްފި
ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ޖިނާއީ 2 ތުހުމަތެއްގެ ދައުވާގެ އަޑުއެހުންތައް އަންނަ ހަފްތާއަށް ތާވަލުކޮށްފި
ލިޔުން:
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ 2 ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުން އަންނަ ހަފްތާއަށް ތާވަލުކޮސްފިއެވެ.
އަންނަ ހަފްތާއަށް ތާވަލުކޮސްފައިވާ އެއް މައްސަލައަކީ ވ އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް 2022 ވަނައަހަރު އެ ކޯޓުން ކޮށްްފައިވާ 11 އަހަރުގެ ޖަލުހުމުގެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ހައިކޯޓުން އަންގާފައިވާތީ ކުރިއަށް ގެންދާ މައްސަލައެވެ. އެ މައްސަލަ ތާވަލުކޮށްފައިވަނީ މި ހަފްތާގެ ބުދަދުވަހަށެވެ.
އަނެއް މައްސަލައަކީ ރ އަތޮޅު ފުއްގިރި ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާކަމަށް ބުނާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅޭ މައްސަލައެވެ. މި މައްސަލަ ތާވަލުކޮސްފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
