
ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއް ބުރުން: ރައީސް ސޯލިހް
ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއް ބުރުން: ރައީސް ސޯލިހް
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއް ބުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހު އެމްޑީޕީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްފައިވާތީ އެޕާޓީގެ ރިޔާސީ ޓިކެޓް އެ މަނިކުފާނާ ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރަންވީ ވަގުތު ކަމަށެވެ. ހިޔާލުތަފާތުވުން ހުއްޓަސް، އެމްޑީޕީ އެއްބައިވާންވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޓަކަ އެވެ.
"ބޭނުންވަނީ ރާއްޖެއަށް މި ގެނެވޭ ތަރައްގީއާއި އެކު ކުރިއަށް ދާން. އެ ތަރައްގީގައި ވަކި މީހަކު ބާކީނުކޮށް، އެންމެންނަށް އޭގެ ނަފާ ލިބުން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ކުދި ރަށްރަށުގައި އުޅޭ މީހުންނަށް ވެސް އަސާސީ ހިދުމަތްތައް ފުރިހަމަައަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. ސަރުކާރުން ރަށްތައް ތަރައްގީ ކުރަނީ މާލެއަށް ވެސް ލުޔެއް ހޯދައިދޭން ކަަމށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގެ ތައުލީމާއި ސިއްހީ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
