
ރޯދަ އިނާޔަތް ބޮޑުކުރަން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް
ރޯދަ އިނާޔަތް ބޮޑުކުރަން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް
ލިޔުން:
ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދު ބޮޑުކުރުމަށާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ވެސް އެ އިނާޔަތްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައެއް ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ގޮވައިލެއްވީ ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދު 3،000.ރ އަށް ވުރެ ބޮޑުކުރުމަށާއި އެ އިނާޔަތް މަސްވެރިންނަށާއި ދަނށޑުވެރިންނަށް ވެސް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ވާތީ އެވެ.
" ...ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާތީއާއި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުން ދާތީ ރަމަޟާން މަހުގެ އިނާޔަތް 3،000ރ. އަށް ވުރެ ބޮޑުކޮށްދިނުމަ[ށް ގޮވައިލަމެވެ]،" މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ޝިޔާމް ވިދާޅުވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓުދެއްވީ 15 މެމްބަރެކެވެ. އެ މައްސަަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
