
ރޯދަ މަހު ހުޅުމާލެއަށް ފެނުގެ ދަތިކަމެއް ދިމާވިޔަ ނުދޭން މަސައްކަތް ކުރަނީ
ރޯދަ މަހު ހުޅުމާލެއަށް ފެނުގެ ދަތިކަމެއް ދިމާވިޔަ ނުދޭން މަސައްކަތް ކުރަނީ
ލިޔުން:
މާލެ ސަރަހައްދަށް ފެނުގެ ހިދުމަތްދޭ އެމްޑަބްލިއު އެސްސީން އަންދާޒާކުރާ ވަރަށް ވުރެ އިތުރަށް ހުޅުމާލޭގައި ފެން ބޭނުންކުރާތީ، ރޯދަ މަހު ދިމާވެދާނެ ދަތިތައް ހައްލުކުރަން އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރުގުރާމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވީ އަންދާޒާ ކުރެވިފައިވާ ވަރައްވުރެ ގިނައިން ހުޅުމާލޭގައި ފެންބޭނުން ކުރާކަމަށާއި އަދި މިރޯދަމަހަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ދަތިކަން ދިމާވިޔަ ނުދިމުނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
ޝާހު ވިދާޅުވި ގޮތުގައި މާލެއަށް ފެން ފޯރުކޮށްދިނުމުގެ ކެޕޭސިޓީ ހުރި ނަމަވެސް ހުޅުމާލޭގައި އެމްޑަބްލިއުއެސްސީ އިން ފޯކާސްޓް ކުރާ މިންވަރައްވުރެ ގިނައިން ފެންބޭނުން ކުރެ އެވެ. ރޯދައަށް ހުޅުމާލެ ފެނަށް ޖެހުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެތީ އެކަން ވިޔަނުދޭން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރާ އެއް ކަމަކީ ހުޅުމާލޭގައި މިހާރުވެސް ހުރި ފެން އުފައްދާ ޕްލާންޓް ތައް އަޕްގްރޭޑް ކުރުން ކަމަށާއި އޭގެ އިތުރުން ވަގުތީ ދެ ޕްލާންޓް ހުޅުމާލޭގައި ބަަހައްޓަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ވަގުތީގޮތުން ގުޅީފަޅުން އެއް ޕްލާންޓް އަދި ކ. މާފުށިން އެއް އެޕްލާންޓް ގެނެސް ހުޅުމާލޭގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ވަގުތީ ގޮތުން އެ ޕްލާންޓްތައް ގެންނަނީ އެޕްލާންޓުތައް ހުރި ރައްރަށަށް އެއްވެސްކަހަލަ ދަތިކަމެއް ދިމާނުވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދަން އެމްޑަބްލިއުއެސްސީގެ ޕާޓްނާ ކުންފުނި، ހިޓާޗީ އާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން 3،000 ޓަނުގެ ފެންޕްލާންޓެއް ގެންނާނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
