
ސައުދީގެ ފްލައިނަސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި
ސައުދީގެ ފްލައިނަސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި
ލިޔުން:
ސައުދީ އަރަބިއްޔާގެ "ފްލައިނާސް" އެއަރލައިން ގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.
އެ އެއާލައިންގެ ދަތުރުތައް މިއަދު ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް އޮތެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލޮމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ފްލައިނަސްގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުތަކަކީ ހޫނު މޫސުމާއި ދިމާކޮށް ފެށި ދަތުރުތަކެކެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރާ ހަމައަށް ފްލައިނަސް އިން ރާއްޖެ އަށް ފެށި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ.
ފްލައިނާސް އެއަރލައިންގެ ދަތުރުތައް ކުރާނީ ރިޔާޟްގެ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތައް ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިދަތުރުތައް ރާއްޖެއަށް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށާއި މި ދަތުރުތަކުގެ ސަބަބުން ދިވެހިންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިދަތުރުތަކާއެކު ދިވެހިންނަށް އަގުހެޔޮކޮށް ސައުދީއަށް ދަތުރުކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފްލައިނާސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން ސައުދީ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަނީ އެގައުމުގެ ގައުމީ އެއަރލައިން "ސައުދިއާ" އިން އެކަންޏެވެ. މިއެއަރލައިން ކޮވިޑް ދުވަސްވަރު މެނދުކަނޑާލުމަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ސައުދީން ރާއްޖެ 8،367 ޓޫރިސްޓުން އައިސްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
