- ފޯރަމްގައި މައުލާމާތު ދޭނެ ބަައިތަކަކީ: 1. ޤުރްއާން އުނގެނުމާއި އުނގަންނައި ދިނުމަށް މުދައްރިސުންނާއި މައިންބަފައިން ސަމާލުކަން ދޭންޖެހޭ ކަންތައްތައް. 2. ޤާރީން ޤުރްއާން ކިޔެވުމުގައި ބޭނުންކޮށްފައި ހުންނަ ޙިކުމަތްތައް. 3. ތަޖުވީދު އުނގަންނައިދިނުމާއި އުނގެނޭނޭގޮތް. 4. ޢިލްމުލްމަޤާމާތުގެ މަޢުލޫމާތު. މި ފޯރަމް ކުރިއަށް ދާއިރު ބައިވެރިން ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސަ ވަނީ ބުނެފައެވެ.

ތ. މަޑިފުށީ ފްރެންޑްސް މާޓް ޤުރުއާން މުބާރާތް މިފަހަރުވެސް މުޅި ރާއްޖެއަށް!
ތ. މަޑިފުށީ ފްރެންޑްސް މާޓް ޤުރުއާން މުބާރާތް މިފަހަރުވެސް މުޅި ރާއްޖެއަށް!
ލިޔުން:
ތ. މަޑިފުށީ ގައި އެރަށުގެ ވިޔަފާރިއެއް ކަމަށްވާ "ފްރެންޑްސް މާޓް" އިން އަންނަ ރޯދަ މަހު ބާއްވާ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މިފަހަރުވެސް މުޅި ރާއްޖެއަށް ހުޅުވާލައިފި އެވެ.
ފްރެންޑްސް މާޓުން ބުނީ އަންނަ ރަމަޟާން މަހު ބާއްވާ އެ މުބާރާތް ކުރިއަށް ގެންދާނީ ނުވަ އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. ބަލައިގެން ކިއުމާއި ހިތުން ކިއުމުގެ ބައި ވެސް އޮންނާނެ އެވެ. އެކި ޤިރާއަތްތަކަށް ޤުރުއާން ކިޔެވުމުގެ ބައެއް ވެސް އޭގެ އިތުރުން އެ މުބާރާތުގައި އޮންނާނެ އެވެ.
ފްރެންޑްސް މާޓުން ބުނި ގޮތުގައި ޤުރުއާން މުބާރާތް ކުރިއަށް ދާއިރު ކޮންމެ ދަންފަޅި އެއްގައިވެސް ޤުރްއާނުގެ ޢިލްމާއި ބެހޭގޮތުން 30 މިނިޓްގެ ފޯރަމެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެފޯރަމްގައި މުބާރާތުގެ ބައިވެރިންގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަކަށްވެސް ފޯރަމްގައި ބައިވެރި ވެވޭނެކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
