
ސަރުކާރާ ހަވާލުވުމަށްފަހު މިހާތަނަށް ދަރަނީގެ ގޮތުގައި 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފިން: ރައީސް ޑރ.މުއިއްޒު
ސަރުކާރާ ހަވާލުވުމަށްފަހު މިހާތަނަށް ދަރަނީގެ ގޮތުގައި 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފިން: ރައީސް ޑރ.މުއިއްޒު
ލިޔުން:
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިވީ 7 މަސް ދުވަހުގެ ތެރޭގައި ދައުލަތުން އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އައު ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރާ ހަވާލުވުމަށްފަހު އެތެރެއާ ބޭރުގެ ދަރަނި ހިމެނޭހެން ޖުމްލަ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދަރަނީގެ ގޮތުގައި މިހާ ބޮޑު އަދަދެއް ދައްކާފައިވަނީ ފައިސާ ޗާޕު ނުކޮށް އަދި ދަރަނީގެ ގޮތުގައި އިންޓްރަސްޓް ބޮޑުކޮށް ލޯނު ނުނަގައި ކަމަށެވެ.
ދަރަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް 9 ބިލިއަން ރުފިޔާ އަދި ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިނުގައި އެންމެ މުހިއްމު އެއް ވައުދަކަށްވީ ފައިސާ ޗާޕް ނުކުރާނޭކަމުގެ ވައުދު ކަމަށާއި، މިހާތަނަށް އެ ވައުދުގެ މަތީގައި ސާބިތުވެ ހުރެވުނު ނަމަވެސް މިއީ ކުރަން އުނދަގޫ ކަމެއްކަމަށެވެ.
ފައިސާ ޗާޕް ނުކުރާނޭކަމުގެ ވާހަކަ ތަކުރާރުކުރައްވައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މި ސިޔާސަތަށް އައިއެމްއެފާއި، ވަރލްޑް ބޭންކުގެ އިތުރުންވެސް ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމިއްޔާތަކުން އެކަން ވަރަށްބޮޑަށް ފާހަގަކޮށްފައިވާކަމަށެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސިޔާސީގޮތުން ކިތަންމެ ވަރަކަށް ހިޔާލު ފާޅުކުރިނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އެއްވެސް މީހަކު ހައްޔަރު ނުކުރާނޭ ކަމަށާއި، ވެރިކަމާ ހަވާލުވުމާއި ހަމައިން މިއަދާހަމަޔަށް އެކަން އޮންނާނީ ސާބިތުކޮށްދީފައިކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކޮންމެ މީޑިއަމެއް ބޭނުންކޮށްގެން އަދުގެ ސަރުކާރަށް ފާޑުކީނަމަވެސް ފަރުވާލެއް ނެތްކަމަށާއި، ފާޑުކިއުންތަކަށް އަބަދުވެސް ޖާގަދެއްވާނޭ ކަމަށެވެ. ނަމަވެސް ކޮރަޕްޝަނާ، ވައްކަމާ ނުހައްގުން މުދާވެރިކަން ހޯދުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ނުދެއްވާނޭކަމަށްވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
