
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މައްސަލާގައި އަމީރުގެ ވަރުގަދަ ރައްދެއް ރައީސަށް
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މައްސަލާގައި އަމީރުގެ ވަރުގަދަ ރައްދެއް ރައީސަށް
ލިޔުން:
ޕީއެންސީގެ ޖަހަގަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ ރައީސް ސޯލިހުގެ ސަރުކާރުން އޮތީ ބޭނުންކޮށްފައި ކަމަށެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ފައިސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބޭނުންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފިއެވެ.
ޕީއެންސީގެ ޖަހަގަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ ރައީސް ސޯލިހުގެ ސަރުކާރުން އޮތީ ބޭނުންކޮށްފައި ކަމަށް ކުރެއްވި ތުހުމަތުތަކަށް އަމީރު މިއަދުވަނީ ތަފްސީލީ ރައްދެއް ދެއްވާފައެވެ.
އަމީރު އެކްސްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނު އިރު އެސްޑީއެފް ގައި 141.1 ޑޮލަރު ހުންނާނެ ކަމަށެވެ. އެއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑޮލަރު އެކައުންޓުގައި ހުރި ދެ މިލިއަން ޑޮލަރާއި ފިކްސްޑް ޑިޕޮސިޓް (ކޮމާޝަލް ބޭންކް) އަދި ޑޮލަރު ޓީ-ބިލް އިންވެސްޓްމެންޓްގެ ގޮތުގައި ހުރި 139.1 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.
"2018 ވަނަ އަހަރު ނިމުނު އިރު އެސްޑީއެފްގެ ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ނޮވެމްބަރު 2023 ނިމުނު އިރު ފަންޑް ސައިޒަކީ ގާތްގަނޑަކަށް 7.3 ބިލިއަން ރުފިޔާ. އެއީ ފަސް އަހަރު ތެރޭގައި 5.4 ބިލިއަން ރުފިޔާގެ އިތުރުވުމެއް،" އަމީރު ވިދާޅުވިއެވެ.
ވިދާޅުވީ، އެސްޑީއެފްއަށް ޑޮލަރުން ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުން ކަމަށް ބުނަނީވެސް އޮޅުވާލުމަށް ކަމަށެވެ.
"2020 ވަނަ އަހަރު ޑޮލަރުން އެސްޑީއެފް އަށް ޖަމާކުރުން ހުއްޓާލެވުނު. އެއީ އެމްއެމްއޭ އާއެކު ހެދުނު އެޖެންސީ އެގްރިމެންޓެއްގެ ދަށުން. ނަމަވެސް އަނެއްކާވެސް 2023 ވަނަ އަހަރުގެ ކުރީ ކޮޅު ޑޮލަރުން އެސްޑީއެފް އަށް ފައިސާ ޖަމާކުރަން ފެށުނު،" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" އިން ފެންނަ ގޮތުގައި އެސްޑީއެފް އަށް މި އަހަރުގެ މިހާތަނަށް ޖަމާކުރީ 519.7 މިލިއަން ރުފިޔާ ކަމަށާއި މިދިޔަ އަހަރު މި މުއްދަތުގައި 479.8 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
