
ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކުރާތީ މީކާއީލްގެ ކަންބޮޑުވުން
ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކުރާތީ މީކާއީލްގެ ކަންބޮޑުވުން
ލިޔުން:
ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ދެފުށް ފެންނަ ގޮތަށް ހާމަކުރަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކައިލް ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުނ،ް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވަފައިވާ، ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ އިބްތިދާހީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ، އެކި މަޤާމުތަކަށް އަދަދު ނޭނގޭހައި ގިނައިން ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ކޮށްފައިވަނީ އެކި އިންތިޙާބުތަކާއި ދިމާކޮށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުން ދިޔައިރު ދިވެހިރާއްޖޭގެ ޤައުމީ ހާލަތު އެނގިވަޑައި ގަނަންނަވާތޯ މީކައިލް ވަނީ ސުވާލުއުފައްދައިފައެވެ. މީކާއިލް ވިދާޅުވީ ސިޔާސީ މުވައްޒަފުންނަށް އާންމުދަނީ ދެނީ ދިވެހިރައްޔިތުންކަމަށާއި އެއީ ޓެކްސް ފައިސާއިން ދެއްވާ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް އަދުގެ ސަރުކާރުގެ ޙާލަތަށް ބަލާއިރު ދިވެހި ރައްޔިތުންނަށްވެސް އާންމުދަނީ ދެމުން އަންނަ މީހުންގެ އަދަދު ސާފު ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
މީކާއިލް ވިދާޅުވީ، ދަރަނީގެ ވާހަކަ ދެއްކުމުގައި އިޙްލާސްތެރި ކަމެއް ވާނަމަ، މި ވަގުތު ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަނު ކުރެވިފައިވާ މުވައްޒަފުންގެ އަދަދު ހާމަކުރުން މުހިންމު ކަމަށާއި އެ މުވައްޒަފުންނަށް ކުރާ ޙަރަދު ހާމަކުރުން މުހިންމު ކަމަށެވެ. އަދި ސަރުކާރުން 400 ސިޔާސި މުވައްޒަފުން ވަކި ކުރަން ބުނި ކަމުގައިވީ ނަމަވެސް، 400 މުވައްޒަފުންގެ އިތުރަށް ތިބި އަދަދު ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސަރުކާރުން ދައްކަންޖެހިފައިވާ ބޮޑެތި ލޯނުތަކުގެ ރީ ފައިނޭސް ކުރެވޭނެ ގޮތްތަށް ހުރީ ހަމަޖެހިފައިކަމަށް މީކައިލް ވަނީ ފާހަގަކޮށްފައެވެ. މީކައިލް ވިދާޅުވީ، ފާއިތުވެދިޔަ 5 އަހަރާއި ނުބައްދަލު ދަރަނީގެ ވާހަކަ މިހާރު ދައްކަމުންދާ ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ނަގައިފައިވާ ދަރަނި ތަކަކީ، އެ ޕާޓީގެ ސިޔާސަތާއި ނުބައްދަލު އެއްޗަކަށް ނުވާނެ ކަމަށާއި އެއީ އެ ޕާޓީން އުފެދި ދަރަނި ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު ސުޖާޢު ވިދާޅުވީ ސިޔާސީ މުުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
