
އާބަން ޑިވެލޮޕްމަންޓް ބިލާމެދު ކަންބޮޑުވުންތައް ގިނަ
އާބަން ޑިވެލޮޕްމަންޓް ބިލާމެދު ކަންބޮޑުވުންތައް ގިނަ
ލިޔުން:
އާބަން ޑިވެލޮޕްމަންޓް ބިލު ހައުސިން މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނީ އެ މިނިސްޓްރީ އާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.
އާބަން ޑިވެލޮޕްމަންޓް ބިލު ދިރާސާ ކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ބިލުގައި ހިމަނާފައިވާ ބައެއް މާއްދާތަކުން ރަށު ކައުންސިލުތަކާ އަދި އަތޮޅު ކައުންސިލުތަކުގެ ބާރުތައް ހަނިވާކަމުގެ ކަންބޮޑުވުން މެންބަރުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ އެ މިނިސްްޓްރީއަކީ ކައުންސިލުތަކާ ގާތްކޮށް މަސައްކަތް ކުރަން ޖެހޭ މިނިސްޓްރީއަކަށްވާއިރު ބިލާ ގުޅޭގޮތުން ކަންބޮޑުވުންތައް ހުރި ކަމަށެވެ..
އާބަން ޑިވެލޮޕްމަންޓް ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެކަން ފާހަގަކުރައްވާ އޭނާ ވަނީ ބިލާ މެދު ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ކަންބޮޑުވުންތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
އިތުރަށް ވިދާޅުވި ގޮތުގައި ބިލުގައި ހިމެނިފައިވާ ގިނަ ކަންތައްތަކުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލުތައް އަބަދުވެސް ބާރުވެރި ކުރުވައި، ކައުންސިލުތަކާ ވަރަށް ގާތްކޮށް ލާމަރުކަޒީ ނިޒާމު ހިންގުން ކަމުގައި ވިދާޅުވި އެވެ.
އެހެންނަމަވެސް ބިލުގައި ހިމަނާފައިވާ "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" އުފެދިގެން އަންނައިރު، ކައުންސިލުތަކުގެ ބައިވެރިވުން އެކަމުގައި ނޯންނަ ކަމުގަ އެވެ. ބައިވެރިވުން އޮތީ ހަމައެކަނި ވިލަރެސް ކުރުން ފަދަ ކަންކަމުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
