
ބާރުގަދަ ލޭޒާ ހަތިޔާރާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ޖަޕާނަށް ފުރައިފި
ބާރުގަދަ ލޭޒާ ހަތިޔާރާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ޖަޕާނަށް ފުރައިފި
ލިޔުން:
ވައިގެ މަގުންނާއި ކަނޑުގެ މަގުން ކުރިމަތިވެދާނެ ނުރައްކާތައް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ ބާރުގަދަ ލޭޒާ ހަތިޔާރާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ޖަޕާނަށް ދިއުމަށްޓަކައި ފުރައިފިއެވެ.
އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިން ޝާއިއުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕެސިފިކް ސަރަޙައްދުގައި ސިފައިން ތިބުމަށް ހަމަޖެހިފައިވާ ޝެޑިއުލް ރޮޓޭޝަންގެ ދަށުން ޖަޕާނުގެ ޔޮކޮސުކާ ނޭވަލް ބޭސްއަށް ޕްރެބަލް ދަނީ އެ ސަރަޙައްދުގައި މިހާރު އޮތް ބެންފޯލްޑްގެ ބަދަލުގައި ކަމަށެވެ. އަދި އެ މަނަވަރުގެ އެއްމެ މުހިއްމު އެއް ބޭނުމަކީ ޗައިނާގެ ނުރައްކަލުން ޖަޕާނު ރައްކާތެރިކުރުން ކަމަށެވެ.
ޖަޕާނުގެ މާލީ މަޖައްލާ "ނިކްކީ އޭޝިއާ" އިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކާ ހަވާލާދީ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރެބަލް އަކީ ހައި އެނާޖީ ލޭޒާ ވެޕަން ސިސްޓަމެއް އެކުލެވިގެންވާ މަނަވަރެއްކަމަށެވެ. އެމަނަވަރުގައި ހަރުކޮށްފައިވާ ލޭޒާ ސިސްޓަމް ބޭނުންކޮށްގެން ޑްރޯންތަކާއި މިސައިލްތައް ވައްޓާލެވިދާނެ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެންމެ ޒަމާނީ ހަނގަުރާމަމަތީ އުޅަނދުތައް ބަހައްޓަމުން އަންނައިރު ޗައިނާއިން ދަނީ އެމެރިކާއަށް ގޮންޖަހައި އެގައުމުގެ ކަނޑުގެ ފްލީޓާއި އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ޗައިނާ އިން ވަނީ 2027 ވަނަ އަހަރުގެ ކުރިން ހަނގުރާމައަށް ތައްޔާރަށް ތިބުމަށް އެގައުމުގެ ސިފައިންނަށް އަންގާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
