
ޝަޙްސު އޮޅުވާލައިގެން މިއަހަރު 3 މީހަކު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި
ޝަޙްސު އޮޅުވާލައިގެން މިއަހަރު 3 މީހަކު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި
ލިޔުން:
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު މިއަހަރު ހިފަހައްޓާފައިކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެކަން ހާމަކޮށް އިމިގްރޭޝަންގެ އެކްސް އެކައުންޓުން ކޮށްފައިވާ ފޯސްޓުގައި ބުނެފައިވަނީ ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން މީހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ޕޯސްޓަގައި ވަނީ 3 މީހުން ހިމެނޭ ފޮޓޯއެއްވެސް އާއްމުކޮސްފައެވެ. އަދި އެ ފޮޓޯގައި އެ މީހުންގެ އުމުރާއި ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ތާރީހު ވަނީ ހިމަނާފައެވެ.
އެގޮތުން ފުރަތަމަ މީހާ ރާއްޖެ އެރެވާން މަސައްކަތްކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހު އެވެ. 2 ވަނަ މީހާ ރާއްޖެ އެތެރެވާން މަސައްކަތްކޮށފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އަދި 3 ވަމަ މީހާ ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ މިއަހަރުގެ އޯގަސްޓްމަހުގެ 18 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
