
އާއްމު ސިއްހަތުގެ ދާއިރާއިން ރާއްޖޭގައި ހެޕަޓައިޓިސް-ބީ އާއި ޅަފަތުގައި ކުޑަކުދިން މަރުވާ ރޭޓް ދައްކުރެވިފައިވާތީ ޑަބްލިޔުއެޗްއޯ އިން އެކަން ފާހަގަކޮށް އެވޯޑެއް ދީފި
އާއްމު ސިއްހަތުގެ ދާއިރާއިން ރާއްޖޭގައި ހެޕަޓައިޓިސް-ބީ އާއި ޅަފަތުގައި ކުޑަކުދިން މަރުވާ ރޭޓް ދައްކުރެވިފައިވާތީ ޑަބްލިޔުއެޗްއޯ އިން އެކަން ފާހަގަކޮށް އެވޯޑެއް ދީފި
ލިޔުން:
އާއްމު ސިއްހަތުގެ ދާއިރާއިން ރާއްޖޭގައި ހެޕަޓައިޓިސް ބީއާއި ކުޑަކުދިން މަރުވާ ރޭޓް ދައްކުރެވިފައިވާތީ ޑަބްލިޔުއެޗްއޯ އިން އެކަން ފާހަގަކޮށް އެވޯޑެއް ދީފި އެވެ.
އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ 7 އިން 9 އަށް ކުރިއަށްދާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު އެޗްއޯ) ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ސަރަޙައްދީ ކޮމެޓީ ބައްދަލުވުމުގައި ރާއްޖެއަށް އެވޯޑް ލިބިފައިވަނީ ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ޖެހުން ކޮންޓްރޯލް ކުރެވިފައިވުމާއި، އުމުރުން 5 އަހަރުން ދަށުގެ ކުދިން ނިޔާވާ މިންވަރު މަދުކުރުމާއި، އުފަންވާތާ މަހެއްނުވެ ނިޔާވާ ކުދިންނާއި، ބަނޑަށް 20 ހަފްތާގައި ނިޔަވާ ކުދިންގެ ނިސްބަތް ދަށްކުރެވިފައި ވާތީއެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ބައްދަލުވުމުގައި މި ސަރަޙައްދުގެ 11 ގައުމަކުން އެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި، ސިއްހީ ދާއިރާގެ އިސްފަރާތްތަކާއި އެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބައިވެރިވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
