
ސާފް ޗެމްޕިއަންޝިޕް އަންހެނުންގެ ފްޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ނޭޕާލަށް ފުރައިފި
ސާފް ޗެމްޕިއަންޝިޕް އަންހެނުންގެ ފްޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ނޭޕާލަށް ފުރައިފި
ލިޔުން:
އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ނޭޕާލަށް އިއްޔެ ހަވީރު ފުރައިފި އެވެ.
މިމަހުގެ 17 އިން 30 ވަނަ ދުވަހާ ހަމައަށް ކނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށް ގެންދާ އަންހެނުންގެ ޝާފް ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކީ މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މި ފަހަރުގެ މުބާރާތުގައި ސާޕް ގެ 7 ގައުމަކުން ބައިވެރިވާއިރު މުބާރާތުގެ ހުރިހާ މެޗްތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމްގަ އެވެ.
2 ގްރޫޕަކަށް ބަހާލައިގެން ކުރިއަސްގެންދާ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް " ބީ " ފަޅީގައި ދެން ހިމެނެނީ ނޭޕާލާއި، ސްރީ ލަންކާ އާއި، ބޫޓާން އެވެ. ގްރޫޕް ' އޭ " ގައި ހިމެނެނީ 3 ޓީމެވެ އެއީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭމެވްގައި މިމަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
